ސަރުކާރުން އާސަންދަ ސްކީމަށް ގެންނަ ބަދަލުތަކާއެކު އަމިއްލަ ހޮސްޕިޓަލްތަކަށް ރައްޔިތުން ބޭސް ފަރުވާއަށް ކުރާ ހޭދަ ކުޑަވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
މިއުވާން މިހެން ވިދާޅުވީ ރައީސް އޮފީހުގައި ކޮންމެ ހަފުތާއަކު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިއަދު ބޭއްވި ބައްދަލުވުމުގައެވެ.
މިއުވާން ވިދާޅުވީ ސަރުކާރުން ސިއްހީ ނިޒާމަށް ހަރުދަނާ ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށާއި، އެގޮތުން އާސަންދަ ސްކީމަށް ބަދަލުތަކެއް ގެނައުމަށް މި އަހަރުގެ ބަޖެޓް ހުށަހެޅިއިރު ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އެ މަސައްކަތްތައް ސަރުކާރުން މިހާރު ކުރިއަށް ގެންދާ ކަމަށްވެސް މިއުވާން ވިދާޅުވިއެވެ.
"ސީދާ ކޮންކޮން ބަދަލުތަކެއްކަމެއް ދަންނަވަން ދަތި. އެކަމަކު އާސަންދައަށް މި ގެނެވޭ ބަދަލުތަކާއެކު ރައްޔިތުންގެ އަތުން ޕްރައިވެޓް ސެކްޓަރ ހޮސްޕިޓަލުތަކާއި ކްލިނިކްތަކަށް ކުރާ ހޭދަ ކުޑަވެގެންދާނެ." މިއުވާން ވިދާޅުވިއެވެ.
މިއުވާން ވިދާޅުވީ މިއަހަރުގެ ބަޖެޓުގައިވެސް އާސަންދައަށް ބޮޑެތި ބަދަލުތަކެއް، ގެނައުމަށް ހިމަނާފައިވަނީ ޞިއްޙީ ފަރުވާއަށް މިކުރެވޭ ހޭދަތައް ކުޑަކުރުމަށްކަމަށެވެ.
ސަރުކާރުން އަންނަނީ ރާއްޖޭގެ ސިއްހީ ނިޒާމް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެކި ސަރަހައްދުތަކުގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލްތައް ގާއިމްކުރުމާއި ސިއްހީ މަރުކަޒުތަކަށް ހޮސްޕިޓަލްތަކަށް ބަދަލުކުރުމުގެ މަސައްކަތް ހިމެނެއެވެ.
ސިއްހީ ދާއިރާ ކުރިއެރުވުމަށް ކުރާ މަސައްކަތުގެ ތެރެއިން އެ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށްވެސް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު