މިހާރު އޮތް އެމްޑީޕީގެ ވެރިކަން ވައްޓާލައިފިނަމަ ދެން އެމްޑީޕީއަކަށް އަވަހަކަށް ވެރިކަމެއް ނުލިބޭނެކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
ނިހާދު މިހެން ވިދާޅުވެފައި މިވަނީ ރައީސް ސާލީހުގެ ވެރިކަން ބަދަލުކުރައްވާނެކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ.
ނިހާދު ވިދާޅުވީ ވެރިކަން ވައްޓާލައިފި ނަމަ ދެން އަވަސް ފުރުސަޠެއްގައި އެމްޑީޕީއަށް ވެރިކަމަކަށް ނާދެވޭނެކަމަށެވެ. އަދި އެތައް އަހަރެއް ވަންދެން ކުރެވުނު މަސައްކަތަކުން ގެނެވުނު ވެރިކަން ވައްޓާލަން މަސައްކަތް ކުރުމަކީ ވަރަށް ހުދުމުހުތާރު އަމަލެއްކަމަށާއި އެއީ ރައްޔިތުންނަށް ގައްދާރުވުންކަމަށް ވެސް ނިހާދު ވިދާޅުވިއެވެ.
ނިހާދު ވިދާޅުވީ އެމްޑީޕީގެ ވެރިކަން ދިފާއު ކުރުން ލާޒިމްކަމަށެވެ.
އެމްޑީޕީގެ ޕްރައިމަރީ ކެމްޕެއިންގައި އިއްޔެ ބ. ހިތާދޫއަށް ވަޑައިގެން ސަޕޯޓަރުންނާއެކު ބޭއްވި ބައްދަލުވުމެއްގައި ރައީސް ނަޝީދު ވިދާޅުވީ ރައީސް ސާލިހު ވެރިކަމަށް ހޮވައިދިނުމަށް ރައްޔިތުން އަރިހުގައި ދެންނެވީވެސް އެމަނިކުފާނު ކަމަށާއި އެހެންކަމުން ރައީސް ސާލިހް ވެރިކަމުން ބާލާނީވެސް އެމަނިކުފާނު ކަމަށެވެ. އަދި އެކަން ކުރާނެކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

Verikan vattaalaifi nama dhen avas furusath ehgai MDP akah verikamakah naadheveyne! Ethah ahareh vandhen kurevunu Jihaadh akun Genevunu Verikan vattaalan Masakkaih kurumakee Varah Hudhumuhuthaaru amaleh! Eiee Rayyithunnah GadhdhaaruVun! Verikan dhifaau kurun Laazim!!! pic.twitter.com/sUTr9uUGVz
— Feydhoo Meehaa (Mohamed Nihad) (@nihad_m) January 12, 2023
އެމްޑީޕީގެ ޕްރައިމަރީ ކެމްޕެއިންގައި އިއްޔެ ބ. ހިތާދޫއަށް ވަޑައިގެން ސަޕޯޓަރުންނާއެކު ބޭއްވި ބައްދަލުވުމެއްގައި ރައީސް ނަޝީދު ވިދާޅުވީ ރައީސް ސާލިހު ވެރިކަމަށް ހޮވައިދިނުމަށް ރައްޔިތުން އަރިހުގައި ދެންނެވީވެސް އެމަނިކުފާނު ކަމަށާއި އެހެންކަމުން ރައީސް ސާލިހް ވެރިކަމުން ބާލާނީވެސް އެމަނިކުފާނު ކަމަށެވެ. އަދި އެކަން ކުރާނެކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު