މާލެ ސިޓީގެ ނީލަން ފިހާރަ ކުރިން ހުރި ސަރަހައްދުގައި ނީލަން ފިހާރަ ނުހިންގަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މި ނިންމުން ނިންމާފައިވަނީ އިއްޔެ ބޭއްވި މާލެ ސިޓީ ކައުންސިލުގެ 4 ވަނަ ދައުރުގެ 84 ވަނަ ޖަލްސާގައެވެ.
ނީލަން ފިހާރަ މިހާރު ހުރި ތަނުގައި ދެން އެ ވިޔަފާރި ނުހިންގޭނެ ކަމަށާއި، އެތަން ހިންގަން މާލެ ނުވަތަ ހުޅުމާލޭގެ އިންޑަސްޓްރިއަލް ވިލެޖުން ބިމެއް ދޫކުރަން ސަރުކާރުގައި އެދެން ސިޓީ ކައުންސިލްގެ އިއްޔެގެ ބައްދަލުވުމަށް ހުށަހެޅުއްވީ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއެވެ. އެ ހުށަހެޅުން ފާސްކުރީ ކައުންސިލްގެ 11 މެމްބަރުންގެ އިއްތިފާގުންނެވެ.
މޭޔަރު ވިދާޅުވީ އިންޑަސްޓްރިއަށް ވިލެޖަށް އެތަން ބަދަލު ކުރިޔަސް ވަކި ބަޔަކަށް އެތަން ދޫ ނުކުރާނެ ކަމަށާއި އޭގެ ބަދަލުގައި އެތަން ހިންގާނީ އޮންނަ އުސޫލުގެ ދަށުން ފުރުސަތަށް ހުޅުވާލައިގެން އެކަން ކުރަން ބޭނުންވާ މީހުންނަށް ކަމަށެވެ.
"ނީލަން ފިހާރަ ހިންގަން ސަރުކާރުން ޖާގަ ނުދެންޏާ ވާނެ ގޮތަކީ ނީލަން ފިހާރަ ނުވަތަ ސެކަންޑް ހޭންޑް މާކެޓް ވަގުތީ ގޮތުން ވިޔަސް މާލެ ސިޓީގަ ނެތިގެން ދާނެ، އެއީ ދެން އޭގަ އޮތް ނަތީޖާއަކަށް ވާނީ." މޭޔަރު ވިދާޅުވިއެވެ.
ނީލަން ފިހާރަ އެ ސަރަހައްދުން ނަގަން މީގެ ކުރިން ވެސް ކައުންސިލުން ފާސްކުރި އެވެ. އެހެންނަމަވެސް އެތަން އެހެން ސަރަހައްދަކަށް ބަދަލު ނުކުރެވުނީ ސަރުކާރުން ބިމެއް ނުދެއްކުމުންކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
ނީލަން ފިހާރަ ހުރި ތަނުގައި އެންމެފަހުން ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އެތަނާއި، އެތަނާއި ޖެހިގެން ހުރި އެކޮމޮޑޭޝަން ބްލޮކް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ.

ކިޔުންތެރިންގެ ހިޔާލު