މާލޭގައި ހުންނަ އިވްނިންގ ކެފޭގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެ ކެފޭ ހުންނަ ސަރަހައްދުން ދަތުރުކުރާ އާރްޓީއެލް ބަހުގެ ދަތުރުތަކަށް ބަދަލުތަކެއް ގެނެސްފިއެވެ.

މާލޭގައި ބަސް އޮޕަރޭޓުކުރާ އެމްޓީސީސީން މިރޭ ބުނީ، މިއަދު ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އޯކިޑު މަގު ބަންދުކޮށްފައިވާތީ އާރްޓީއެލް ބަހުގެ ހިދުމަތުގައި ހިމެނޭ އޯކިޑް ރޫޓް (އާރް10) ގެ ދަތުރުތައް ވަގުތީގޮތުން މަޖީދީމަގަށް ބަދަލު ކުރެވިފައިވާ ކަމަށެވެ.

އަދި މިއައި ބަދަލާއި ގުޅޭގޮތުން އިތުރު މައުލޫމާތު ސާފު ކުރުމަށް ހޮޓްލައިން 1650 އާއި ގުޅައިގެން ކުރިއަށް ގެންދިޔުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.

މިއަދުގެ ހާދިސާއާއި ގުޅިގެން ބަސް ދަތުރަށް ބަދަލުތަކެއް ގެނައިއިރު، މީގެ 2 ދުވަސްކުރިން ހިނގި ނީލަންފިހާރަ އަލިފާނުގެ ހާދިސާ އާއި ގުޅިގެން އެ ސަރަހައްދުގެ ބަސް ދަތުރުތަކަށް ވެސް ބަދަލު ގެނައެވެ.

އެމްޓީސީސީން ބުނެފައިވަނީ މިގޮތަށް ގެނެވޭ ބަދަލަކީ ވަގުތީ ބަދަލުތަކެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު