ޑޯޓުޑޯރގައި ކަންމަތީ ސައި ހޮޓަލަކުން ރައީސް ސައި ބައްލަވަނީ
ޑޯޓުޑޯރގައި ކަންމަތީ ސައި ހޮޓަލަކުން ރައީސް ސައި ބައްލަވަނީ
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޕްރައިމަރީގެ ކެމްޕޭންގައި މާލޭގައި ދޮރުން ދޮރަށް ޒިޔާރަތް ކުރައްވަން ފައްޓަވައިފިއެވެ.

ފޯރިގަދަކޮށް ކެމްޕޭން ކުރައްވަމުން ގެންދަވާ ރައީސްގެ ޓީމުން ދޮރުންދޮރަށް ހިންގަވަން ފައްޓަވާފައި މިވަނީ އެމަނިކުފާނުވެސް ހިމެނޭހެން އަތޮޅުތެރޭގެ ގިނަ ރަށްތަކެއްގައި ކެމްޕޭން ކުރެއްވުމަށްފަހުއެވެ.

މާލޭގައި މިއަދު ދޮރުން ދޮރަށް ޒިޔާރަތް ކުރައްވަން ފެއްޓެވީ މާފަންނު އުތުރު ދާއިރާއިންނެވެ. މާފަންނު އަހިގަސްދޮށުގެ ކައިރިން ފެށިމްޓެވި އެ ހަރަކާތުގައި ރައީސްގެ އަރިސް ބޭފުޅުންނާއި ބައެއް ސަޕޯޓަރުންވެސް ބައިވެރިވިއެވެ.

ރައީސްގެ ކެމްޕޭން ޓީމުން ބުނީ, ރައީސް ގޭގެއަށް ޒިޔާރަތް ކުރެއްވުމުން އެމްޑީޕީގެ ގިނަ އަދަދެއްގެ ސަޕޯޓަރުންވަނީ އެމަނިކުފާނަށް ތާއީދުކުރާކަން ހާމަކޮށްފައި ކަމަށެވެ. އަދި ރައީސް ޞާލިޙްގެ ވެރިކަމުގެ މި ދައުރާއިމެދު ހިތްހަމަޖެހޭކަން ގިނަ ބަޔަކު ފާހަގަ ކުރިކަމަށްވެސް އެ ޓީމުން ވަނީ ބުނެފައެވެ.

މިމަހު އޮންނަ އެމްޑީޕީގެ ޕްރައިމަރީ ވެގެންދާނީ ރާއްޖޭގައި މިހާތަނަށް ބޭއްވޭ މިފަދަ އެންމެ ވާދަވެރި ޕްރައިމަރީއަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން