ވެރިކަމުގައި ހުންނަ މީހަކު ކަންކަމުގައި ކުއްލިއަކަށް ރިއެކްޓް ކުރުމަށްވުރެ އެބޭފުޅެއްގެ ކިބައިގައި ހުރުން އެނޫން މުހިންމު ސިފަތައްވެސް ހުންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކަންކަމުގައި ރިއެކްޓް ނުކުރައްވާކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ރައީސް ޞާލިހަށް ފާޑުވިދާޅުވުމާއި ގުޅިގެން ރައީސްގެ ސަޕޯޓަރުން އަންނަނީ ކަންކަމުގައި ކުއްލި ކުއްލިއަށް ރިއެކްޓް ކުރުމާއި ދެކޮޅަށް ވާހަކަ ދައްކަމުންނެވެ.

އެގޮތުން އިކްރާމް މިއަދު ވިދާޅުވީ، ކުއްލިއަކަށް ރިއެކްޓް ކުރެއްވުމާއި، ދެއްކުންތެރިކަމަށްވުރެ ރައީސެއްގެ ކިބައިގައި ހުންނަންޖެހޭ ސިފަތަކެއް ހުންނަކަމަށެވެ.

އެގޮތުން، އަޑު އެހުމުގެ ގާބިލު ކަމާއި، އެހެން މީހުންނަށް އިހުތިރާމު ކުރުމާއި އެންމެން ގޮވައިގެން އުޅެން އެނގުމާއި އަދި ކެތްތެރިކަމާއި ވިސްނުންތެރިކަމާއެކު ނިންމުންތައް ނިންމަން އެނގުމަކީ ރައީސެއްގެ ހުންނަންޖެހޭ ސިފަތަކެއް ކަމަށް އިކްރާމް ވިދާޅުވެފައިވެއެވެ.

އިކުރާމުގެ އިތުރުން އެމްޑީޕީގެ ގިނަ މެންބަރުން ވިދާޅުވަމާ ގޮތުގައި އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ޞާލިހަށް ތާއީދު ކުރަން އެމެންބަރުން ނިންމީ ރައީސް ޞާލިހްގެ ކިބައިގެން އެ ސިފަތައް ހުރުނުންނެވެ.

އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީގެ ވާދަވެރިކަމުގައި، އެ ޕާޓީގެ ދެ ފެކްޝަނުން ދަނީ މިފަދަ ބަހުގެ ހަމަލާތައް ބަދަލުކުރަމުންނެވެ. ހާއްސަކޮށް ރިއެކްޓް ނުކުރައްވާކަމަށް ވިދާޅުވެ ރައީސަށް، ނަޝީދު ފާޑުވިދާޅުވުމާއިއެކު، ނަޝީދުގެ ވެރިކަން ވެއްޓި ރައްޔިތުން މަގުމަތިވީ ކަންކަމުގައި މާ އަވަހަށް ރިއެކްޓް ކުރެއްވުމުން ކަމަށް ރައީސް ޞާލިހުގެ ފަޅީގައި ތިއްބެވި ބޭފުޅުން ދަނީ ވިދާޅުވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން