އިންޑޮނޭޝިއާއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

އެ ބިންހެލުމަކީ ރެކްޓަރ މިންގަނޑުން 7.7 ގެ ބާރުމިނުގައި އައި ބިންހެލުމެއްކަމަށް އެ ގައުމުގެ މުސުމާބެހޭ އިދާރާއިންވަނީ ބުނެފައެވެ.

ރިޕޯޓުތައް ބުނާގޮތުން މި ބިންހެލުމާއި ގުޅިގެން އެގައުމަށް ވަނީ ސުނާމީގެ އިންޒާރު ނެރެފައެވެ. ނަމަވެސް, ސުނާމީއެއް އަރާފާނެ ކަމުގެ އިންޒާރު ޕެސިފިކް ސުނާމީ ވޯނިން ސެންޓަރުން އަދި ދީފައެއް ނުވެއެވެ.

ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ, މިރޭ 10:47 އެހާއިރު އިންޑޮނޭޝިއާގެ ޓަނިންބަރ އައިލެންޑްސްއަށް ބާރުގަދަ ބިންހެލުމެއް އައިސްފައިވާކަމަށެވެ. އަދި ބިންހެލުންއައި ސަރަހައްދާއި މާލެއާއި ދުރުމިނަކީ 6418 ކިލޯމީޓަރު ކަމަށާއި ބިން ހެލުމުގެ އަސަރު ރާއްޖެއަށް ކުރާނެކަމަށް ނުބެލެވޭކަމަށް ވެސް ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު