ކޯލިޝަނާ ނުލައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވަން ނުކުމެވަޑައިގެންނެވި ކުރީގެ ރައީސް ނަޝީދު، ކޯލިޝަނަކާއި ނުލައި އިންތިޚާބު ކާމިޔާބު ނުކުރެވޭނެކަން ގަބޫލުފުޅު ކުރަށްވައިފި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގެ ތެރެއިން ބ. ދަރަވަންދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ކޯލިޝަން ހަދާ ވާހަކަ ރައީސް ނަޝީދު ދައްކަވާއިރު އެކަނި ނިކުމެވަޑައިގެން ކޯލިޝަނެއް ނުހެއްދެވޭނެ ކަމަށެވެ. އަދި ކޯލިޝަނެއް ހެދޭނީ ގިނަ ޕާޓީތަކެއް ބައިވެރިކޮށްގެން ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކޯލިޝަން ހަދައިގެން ވެރިކަމަށް އައިސް، ކޯލިޝަން ނުދަމަހައްޓައި ވެފައިވާ ވައުދުތައް ނުފުއްދޭނެ ކަމަށެވެ. އަދި އެކަނިމާއެކަނި އިންތިހާބު ކާމިޔާބު ކުރައްވަންނިކުމެވަޑައިގެންނެވުމަށްފަހު އެކަން އެއީ އެހެން ކުރެވެން އޮތް ކަމެއް ނޫން ކަމަށް މިއަދު ނަޝީދު ގަބޫލުކުރައްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ މި ރިޔާސީ ދައުރު ނިންމާލާނީ 2018 ވަނަ އަހަރު ރައްޔިތުން ވެރިކަން ހަވާލުކުރި ކޯލިޝަނާއެކު ކަމަށެވެ. ކޯލިޝަނެއް ހަދައިގެން ވެރިކަން ކުރެވެނީ ކާކަށްތޯ އާއި ކޯލިޝަނެއް ދެމެހެއްޓޭނީ ކޮން ކާކަންކަން ނިންމާނީ ރައްޔިތުން ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
ރައީސް ނަޝީދަކީ ކޯލިޝަން ހަދައިގެން ވެރިކަމަށް ވަޑައިގަތުމަށް ވަރަށް ދެކޮޅު ހައްދަވާ ބޭފުޅެކެވެ. އެހެން ނަމަވެސް ދާދިފަހުން ނަޝީދު ވަނީ އެހެން ޕާޓީތަކާއި ކޯލިޝަން ހަދާނެ ކަމުގެ އިޝާރަތެއް ކުރަށްވާފައެވެ.
"ގާނޫނުގައި އެބައޮތް ފުރަތަމަ ބުރުން ކާމިޔާބު ނުވެއްޖިއްޔާ ދެވަނަ ބުރު، އެހެންވީމަ ފުރަތަމަ ބުރުން ނިންމާފައި އެހެން ޕާޓީތަކާ ވާހަކަ ދައްކަން ޖެހޭނެ، އަޅުގަނޑަށް ފެންނަ ގޮތުގައި އެއީ އެވަގުތު، އެއީ ޝައްކު ހިނގާ ކަމެއް ނޫން، ހުރިހާ ޕާޓީތަކުން ވެސް ވާހަކަ ދައްކާނެ،" ނަޝީދު ވިދާޅުވިއެެވެ.

ކިޔުންތެރިންގެ ހިޔާލު