ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ތައްޔާރު ވުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވުމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށް “އުންމީދާއެކު” މި ނަމުގައި ހާއްސަ ކޮންފަރެންސެއް ބާއްވަން ހަމަޖެހިފައިވާކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.
މިކަން ހާމަ ކޮށްފައިވަނީ އެ ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި ޕީއެންސީގެ ނާއިބު ރައީސް އިބްރާހީމް ސުޖާއު ވިދާޅުވީ, ރިޔާސީ އިންތިހާބަށް ރަސްމީކޮށް ކެމްޕޭން ފެށުމަށް ކުރަން ރާވާފައި އޮތް އެންމެ މުހިންމު ކަމަކީ އެ ކޮންފަރެންސް ކަމަށާއި އެއީ މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެ ޕާޓީގެ ސަޕޯޓަރުންނަށް ހާއްސަކޮށްގެން ބާއްވާ ކޮންފަރެންސެއް ކަމަށެވެ.
މި ކޮންފަރެންސްގެ ތެރެއިން ކެމްޕޭން ކުރިއަށް ގެންދާނެގޮތް ރާވާލުމުގެ އިތުރުން, 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދާ ރައީސް ޔާމީން ޖަލުން މިނިވަން ކުރަން ކުރެވެންހުރި ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރުމާއި އަދި ޕާޓީގެ ދާއިރާތަކުގެ އިންތިހާބުން މަގާމުތަކަށް ހޮވުނު މީހުންނަށް ރަސްމީކޮށް މަގާމު ހަވާލު ކުރުންވެސް ކޮންގްރެސްގައި އޮންނާނެ ކަމަށް ސުޖާ ވިދާޅުވިއެވެ.
ސުޖާއު އިތުރަށް ވިދާޅުވީ, އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ބަދަލުވެފައި ނުވާކަމަށާއި އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީންކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު