ދިގު މުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގަނެދޭން ހަމަޖެހިފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިއުލާނު ކުރައްވައިފިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ކެމްޕޭން ވާދަވެރިކޮށް ކުރިއަށްދާއިރު ރައީސް މުޙައްމަދު ނަޝީދު ވަނީ ޓެކްސީތައް ސަރުކާރަށް ގަނެ ޓެކްސީ ޑްރައިވަރުންނަށް އެހެން މަސައްކަތެއް ދަސްކޮށްދީގެން އާމްދަނީ ލިބޭނެ މަގު ތަނަވަސް ކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި މިއަދު ބ. އޭދަފުއްޓަށް ވަޑައިގެން ރައީސް ޞާލިޙް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ, ޓެކްސީތައް ސަރުކާރަށް ނަގާ ޑްރައިވަރުންނަށް ވަޒީފާ ދޭން ބުނުމަކީ، އެންމެ ރަނގަޅުގޮތް ނޫން ކަމަށާއި، އާންމު ފަރުދުން ކުރަމުން އަންނަ ވިޔަފާރިތަކުގެ ތެރެއަށް ސަރުކާރުން ވަނުމަކީ، ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށެވެ.
އަދި ސަރުކާރުން ކުރަންޖެހޭ ކަމަކީ، ޓެކްސީ ޑްރައިވަރުންނަށް އާ ޓެކްސީ ހޯދައިދީ ދިގު މުއްދަތުން ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކޮށްދިނުން ކަމަށާއި، އެކަމަކީ، ސަރުކާރުގެ ޕްލޭންގައިވެސް ހިމެނިފައިވާ ކަމެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
“އަޅުގަނޑުމެން ކުރަން ޖެހޭ ކަމަކީ، އާ ޓެކްސީ ހޯދައިދީ ޓެކްސީ ޑްރައިވަރުންނަށް ދިގު މުއްދަތުގައި ފައިސާ ދެއްކޭ ގޮތަށް އާ ކާރު ހަވާލުކުރުން. އިރާދަކުރެއްވިއްޔާ އެއީ އަޅުގަނޑުމެންގެ ޕްލޭނުގައި ވެސް އޮތް ކަމެއް." އޭދަފުށީ އެމްޑީޕީ މެންބަރުންނާއެކު ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވިއެވެ.
ރައީސް މިފަދައިން ވިދާޅުވެފައި މިވަނީ, މިފަދަ އެކި މައްސަލަތަކުގައި ރައީސް ރިއެކްޓް ނުކުރައްވާކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވަނިކޮށް, ކުރިއަށް އޮތްތަނުގައި ރިއެކްޓް ކުރައްވަން ފައްޓަވާނެ ކަމަށް ވިދާޅުވުމަށްފަހުއެވެ.

ކިޔުންތެރިންގެ ހިޔާލު