ފުވައްމުލައް ސިޓީގައި 400 ހައުސިން ޔުނިޓް ތަރައްޤީކުރަން ސަރުކާރުން ތައްޔާރުވެއްޖެއެވެ.
ފުވައްމުލަކުގައި އިމާރާތްކުރާ 800 ހައުސިންގ ޔުނިޓަކީ ދެކުނުގެ ސަރަހައްދުގައި ފަހި ދިރިއުޅުން މަޝްރޫޢުގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ 5000 ހައުސިންގ ޔުނިޓުގެ ތެރެއިން ފުވައްމުލަކުގައި އިމާރާތްކުރާ ޔުނިޓްތަކެވެ.
ފިނޭންސް މިނިސްޓްރީން މިހާރު ވަނީ މި 400 ހައުސިންގ ޔުނިޓްގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދަން ބީލަމަށް ހުޅުވާލާފައެވެ.
ފިނޭނޭސް މިނިސްޓްރީން ބުނީ މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ މަތިންކަމަށެވެ.
މި ބީލަމުގައި ބައިވެރިވުމަށް -/500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ ހޯމަދުވަހުން ފެށިގެން އަންނަ މަހުގެ 6 ވަނަ ދުވަހަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 14:00 އަށް ފިނޭންސް މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ މެދުވެރިކޮށެވެ.
ބިޑުތައް ހުޅުވުން އޮންނާނީ އަންނަ މަހުގެ 8 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު