މާ ގަދައަށް "ރިއެކްޓް" ކުރުމުން ބައެއް ފަހަރު ވެރިކަން ވެއްޓެނީ ކަމަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ވިދާޅުވުމުން ކުރީގެ ބަންޑާރަ ނައިބް ދިޔާނާ ސައީދު ވެސް ރިއެކްޓް ކުރަށްވައިފިއެވެ.
ވެލިދޫގައި ރައީސް ސޯލިހްގެ ކެމްޕޭން ޓީމުގެ ފަރާތުން ބޭއްވި ޖަލްސާގައި މީގެކުރިން ނަޝީދުގެ ވަރަށް ގާތް މެމްބަރެއްގެ ގޮތުގައި ހުންނެވި ހިސާން ހުސެއިން ވިދާޅުވީ ގައުމެއްގެ ވެރިއަކު ކުއްލި ކުއްލިއަށް ރިއެކްޓް ކުރުމަކީ މާ ގަދަ ކަމެއް ނޫން ކަމަށެވެ. މާ އަވަހަށް އަދި މާބޮޑަށް ރިއެކްޓް ކުރުމުން ނިކުންނަ ނަތީޖާ އެހާ "ސަޅި" ނޫން ކަމަށް ހިސާން ވިދާޅުވިއެވެ.
ހިސާން އެހެން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަންކަމުގައި ރިއެކްޓް ނުކުރައްވާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރަށް ރައްދު ދެެއްވަމުންނެެވެ. ހިސާންގެ ވާހަކަތަކާއި ގުޅިގެން ރައީސް ނަޝީދުގެ ފެކްޝަންގެ ބޭފުޅުން ވެސް ވަނީ އޭނާއަށް ރައްދު ދެއްވާފައެވެ. ހިސާންގެ ވާހަކަތަކާއި ގުޅިގެން ކުރީގެ ބަންޑާރަ ނައިބް ދިޔާނާ ސައީދު ވިދާޅުވީ "މިދުވަސްވެސް ދައްކަވައިފި" ކަމަށެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ފެބްރުއަރީ 7، 2012 ގައި ވެރިކަމުގެ ދައުރު ހަމަނުވަނީސް އިސްތިއުފާ ދެއްވި ދެއްވުމަށް އިޝާރާތްކުރައްވައި ހިސާން ފާޑުވިދާޅުވެފައި ވާއިރު ރައީސް ނަޝީދު އިސްތިއުފާގެ ސިޓީ ލިޔުއްވި އިރު އެމަނިކުފާނުގެ އެންމެ އަރިހުގައި ރައީސް އޮފީހުގެ ލީގަލް ސެކެޓްރީގެ މަގާމުގައި ހުންނެވީ ވެސް ހިސާން އެވެ.
އަދި ރައީސް ނަޝީދު އިސްތިއުފާ ދެއްވީ އެމްއެންޕީގެ ރައީސް ކާނަލް ރޓޑ މުހައްމަދު ނާޒިމާއި، އެ ޕާޓީގެ ނައިބު ރައީސް އަބްދުﷲ ރިޔާޒާއި ދެބޭފުޅުން ޕްރެޝަރު ކޮށްގެން ކަމަށް އެންމެ ގިނައިން ވިދާޅުވި އެކަކަކީ ވެސް ހިސާންކަން ފާހަގަކޮށްލެވެއެވެ.
ވެލިދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ހިސާން ވިދާޅުވީ ބައެއް ފަހަރު މާ ބޮޑަށް ރިއެކްޓް ކުރުމުން ރިޔާސީ ދައުރެއްގައި ތިން ނައިބު ރައީސުން އައްޔަން ކުރަންޖެހޭ ހާލަތުވެސް އަންނަ ކަމަށެވެ. ހިސާން ވިދާޅުވީ މިފަދަ ރިއެކްޝަންތަކުގެ ނަތީޖާ އަކީ ރައްޔިތުން މަގުމަތިވުން ކަމަށާއި ރައްޔިތުން ޖެހެނީ މަގުމަތީގައި "ގަނަތެޅެން" ކަމަށެވެ. އެގޮތުން ފާއިތުވި ހަތް އަހަރު އޭނާގެ ދުވަސް ފެށެނީ ވެސް ހައްޔަރީންގެ ލިސްޓުން ކަމަށް ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ވެސް މަސައްކަތް ކުރެއްވި ހިސާން ވިދާޅުވިއެވެ.
"އަނެއްބައި ފަހަރު މާ ގަދައަށް ރިއެކްޓް ކުރެއްވީމަ ވެރިކަން އެބަ ވެއްޓިގެންދޭ. އަނެއް ބައި ފަހަރު ކުއްލި ނުރައްކާގެ ހާލަތު އިއުލާންކޮށްގެން ނޫނީ ވެރިކަން ނުވެސް ދެމެހެއްޓޭ. ބައެއް ފަހަރު ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން އެތާ ތިއްބަވާ ފަނޑިޔާރުން ދަމާ ކޫތާ ނެރެން އެބަޖެހޭ." ޖޭއެސްސީގެ ރައީސް ކަންވެސް ކުރަށްވާ ހިސާން ވިދާޅުވި އެވެ.

Mi dhuvasves dhakkavaifi. pic.twitter.com/STscnxxQ2W
— Dhiyana 🎈?🌹 (@dhiyanasaid) January 8, 2023

ކިޔުންތެރިންގެ ހިޔާލު