ރައްކާތެރި ނޫން ވަރަށް ގިނަ ތަންތަން މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި އެބަހުރިކަމަށާއި، އެކަންކަން ބަދަލުކުރަންޖެހޭކަމަށް ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނާއިބު ރައީސް މިހެން ވިދާޅުވީ މިއަދު ހެނދުނު ނީލަން ފިހާރަ ކައިރީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ސަރަހައްދުގައި ހުންނަވައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.
ނާއިބު ރައީސް ކުރެެއްވި ޓްވީޓެއްގައި ވިދާޅުވީ މި ހާދިސާގައި އެތައް ބަޔަކު ދިރިއުޅޭ އެކޮމޮޑޭޝަން ބްލޮކެއް އަނދާފައިވާއިރު، އެތަނުގައި އުޅޭ 160 ވަރަކަށް މީޙުންނަށް އެހީތެރިވުމަކީ އެންމެ އިސްކަންދެއްވާ މަސައްކަތްކަމަށެވެ.
ނާއިބު ރައީސް ވިދާޅުވީ މިއަދު އަލިފާނުގެ ހާދިސާ ހިނގި ސަރަަހައްދަކީވެސް ސްކޫލާއި އާއްމުންގެ ގިނަ ބަޔަކު އުޅޭ ސަރަހައްދަކަށްވުމުން ސަލާމަތީ ހިދުމަތްތަކުން އާއްމުންގެ ރައްކާތެރިކަން ކަށަވަރުކުރެއްވިކަމަށެވެ.
ނާއިބު ރައީސް ވިދާޅުވީ އަލިފާނުގެ ހާދިސާތައް އިތުރުވާތީ އަޅަންޖެހޭ ފިޔަވަޅުތައް ދަނީ އަޅަމުންކަމަށެވެ. އަދި މާލޭގައި މީހުން ދިރުއުޅޭ ސަރަހައްދެއްގައި ހުންނަން ނުޖެހޭ ވަރަށް ގިނަ ތަންތަން އެބަހުރިކަންވެސް ނާއިބު ރައީސް ފާހަގަކުރެއްވިއެވެ.
"މާލޭގައި ވަރަށް ގިނަ ލަކުޑި ގުދަންތަކާއި، ގަރާޖުތަކާއި ތަންތަން. މީހުން ދިރިއުޅޭ ސަރަހައްދެއްގެ މެދުގައި ހުންނަން ނުޖެހޭ ވަރަށް ގިނަ ތަންތަން އެބަހުރި. ވަރަށް ގިނަ އަދަދަކަށް އެބަހުރި، މިއީ ބަދަލުކުރަންޖެހޭ ކަންކަން. ސަރުކާރުން އެމަސައްކަތް ދަނީ ކުރަމުން." ނާއިބު ރައީސް ވިދާޅުވިއެވެ.
ނާއިބު ރައީސް ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި މި ބާވަތުގެ ކަންކަން ނުހިނގާނެ ގޮތަކަށް ކަންކަން ޕްލޭންކުރުންކަމަށެވެ. އަދި އެ ޕްލޭނާއި އެއްގޮތަށް ކަންކަން ކުރިއަށްދާނެކަމަށްވެސް ނާއިބު ރައީސް ވިދާޅުވިއެވެ.
މިއަދު ހެނދުނު 6:00 ޖަހަނިކޮށް ނީލަން ފިހާރައިގައި ހިނގި އަލިފާނުގެ ހާދިސާ ކޮންޓްރޯލްވީ ހެނދުނު 8:00 ޖަހަނިކޮށެވެ.
ހުސްވި އަހަރު ނިމެމުން ދަނިކޮށް މާލޭގެ ގަރާޖެއްގައި ރޯވެގެން ހިނގި އަލިފާނުގެ ހާދިސާއެއްގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު