މިއަދު ހެނދުނުގެ ވަގުތެއްގައި މާލޭގައި ހުންނަ ނީލަން ފިހާރައިގައި ރޯވި އަލިފާން އެމްއެންޑީއެފުން ކޮންޓްރޯލްކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ ނީލަން ފިހާރައިގެ އުތުރުފަޅިން (ޢިމާދުއްދީން ސްކޫލްއާއި ދިމާއިން) ފެތުރެމުންދިޔަ އަލިފާންގަނޑު ކޮންޓްރޯލްވެއްޖެކަމަށެވެ. އަދި މިހާރު މޯލްޑިވްސް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑްގެ އަލިފާން ނިއްވާ ލޮރީވެސް ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނުކަމުގެ މައުލޫމާތެއް މިހާތަނަށް ލިބިފައެއް ނުވެއެވެ. އަދި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ނޭނގެއެވެ.

ފުލުހުން ބުނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ބަލަމުންދާކަމަށެވެ.



ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވީ އަލިފާން ކޮންޓްރޯލްވެ، އިތުރަށް ނުފެތުރޭނެކަމަށް އެމްއެންޑީއެފްގެ ފަޔަރ ފައިޓަރުން މައުލޫމާތުދެއްވާފައިވާކަމަށެވެ.

ނީލަން ފިހާރައިގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާއިރު މިފަހުން މާލޭގައި ވަނީ ނުރައްކާތެރި އަލިފާނުގެ ހާދިސާތަކެއް ހިނގާފައެވެ. ކޮމިޝަނަރ އޮފް ޕޮލިސް ވަނީ އެ ހާދިސާތަކުގެ ފުރިހަމަ ތަހުޤީޤެއް ހިންގާނެކަމަށް ބުނެފައެވެ،



ކިޔުންތެރިންގެ ހިޔާލު