އަހުމަދު މަސްނޫމް   9 ޖެނުއަރީ 2023 - 6:56
މާލޭގައި ހުންނަ ނީލަން ފިހާރަ ސަރަހައްދުގައި ވަރަށް ބޮޑަށް އަލިފާން ރޯވެއްޖެއެވެ.

ރޯވެފައިވާ ޢަލިފާން ނިންވުމުގައި އެމްއެންޑީއެފްގެ ފަޔަރ ޓީމު ދަނީ ހަރަކާތްތެރިވަމުންނެވެ.

އަލިފާން ވަރަށް ބޮޑަށް ފެތުރިފައިވާއިރު ކައިރީގައި ހުރި ސިޓީ ކައުންސިލްގެ މުވައްޒަފުން ތިބޭ އިމާރާތަށްވެސް ވަނީ ފެތުރިފައެވެ.

ނީލަން ފިހާރައިގައި ރޯވި އަލިފާންގަނޑު ނިއްވާލުމަށް އެއަރޕޯޓްގައި އޮންނަ ފަޔަރ ލޮރީއެއްވެސް ވަނީ ގެނެސްފައެވެ. އަދި ނީލަން ފިހާރަ ކައިރީގައި ހުންނަ އިމާދުއްދީން ސްކޫލުގެ ހެނދުނު ދަންފަޅީގެ ކިޔެވުންވެސް ވަނީ މިއަދު ކެންސަލްކޮށްފައެވެ.

އަލިފާން ނިއްވާލުމުގައި ގިނަ އަދަދެއްގެ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު