އައްޑޫ ސިޓީގެ މަރަދޫ ފޭދޫގައި ޓެރަރިޒަމަށް ހިތްވަރުދޭ ލިޔުންތަކެއް އެކި ތަންތަނުގައި ހިއްޕި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
މިއަދު ހަވީރު މަރަދޫ ފޭދޫ ޔޫތު ސެންޓަރުގެ ފާރުގައި ހިއްޕާފައި ހުރި ލިޔުމެއްގައި ވަނީ, އައްޑޫ ސިއްސުވާލަން އުޅޭކަމަށް ބުނެފައެވެ. އަދި ލޭ އޮހޮރުވުމަކަށް ނުގޮސް އަވަހަށް އަމާން ދިނުމަށާއި އަޚުންތައް ދޫކޮށްލުމަށް ވަނީ ލިޔެފައެވެ. އަދި މިއީ ފަހުގެ އިންޒާރު ކަމަށް ވެސް އެ ލިޔުމުގައި ބުނެފައިވެއެވެ.
އެ ލިޔުމާއި ގުޅިގެން ފުލުހުން ބުނީ, އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާކަމަށާއި މައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށެވެ.
އައްޑޫގައި ޓެރަރިޒަމްގެ ހަމަލާތަކެއް ދޭން އުޅޭކަމަށްބުނެ މީގެ ކުރިންވެސް އެކިފަހަރުމަތިން ވަނީ މައްސަލަތަކެއް ފެންމަތިވެފައިކަން ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު