ގދ. ފިޔޯރީ ސްކޫލްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި އަލިފާން ރޯވި އިމާރާތް ބޭނުން ނުކުރެވޭވަރަށް އަނދައިފިއެވެ.
މިއަދު ހަވީރު 5 ޖަހާ އެހާއިރު އަލިފާން ރޯވެފައިވަނީ އެ ސްކޫލްގެ ބާ ހޯލް އިމާރާތުގައެވެ. އެ އިމާރާތުގައި 5 ކްލާސްރޫމް ހުރެއެވެ. އެތަނުން 3 ކްލާސްރޫމަކީ މިހާރުވެސް ދަރިވަރުން ކިޔަވަން ބޭނުންކުރަމުންދާ ތަންތަން ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން މައުލޫމާތު ދެއެވެ.
އެމްއެންޑީއެފުން މިއަދު ބުނީ, އިމާރާތުގެ ފާރުން ބަޔަކާއި ފުރާޅުން ބައެއް ވެއްޓި އިމާރާތް ހުރީ ބަންދުވެފައިކަމަށެވެ. އަދި އެރަށަށް ފަޔަމަނުން ދިޔައިރުވެސް އަލިފާން ހުރީ ކޮންޓްރޯލް ކޮށްފައިކަމަށާއި އަނގުރު އަލިފާނުގެ އަސަރު ހުރުމާއެކު ކޮންމެވެސް ވަރަކަށް އަދިވެސް ދުން އަރަމުން އަންނަކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެ ސްކޫލުން ބުނެފައިވަނީ އިމާރާތް އަނދާފައިވަނީ އެތަނުގައި ހުރި ގިނަ އަދަދެއްގެ ފޮތާއި އައު ގޮނޑި އާއި މޭޒުފަދަ ތަކެއްޗާއިވެސް އެއްކޮށެވެ.
މި ހާދިސާ ހިނގާފައިވަނީ ސްކޫލް ބަންދުވަގުތެއްގައި ކަމަށްވާތީ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ދެނެގަނެވިފައި ނުވާކަމަށާއި އަދި ހާދިސާގައި އެއްވެސް ދަރިވަރަކަށް އަދި އެނޫންވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާކަމަށް މިނިސްޓްރީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު