ރާއްޖޭގައި ހުރި ފަޅުރަށްތައް ވިޔަފާރި އުސޫލުން ތަރައްގީކުރަންޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވީ ނ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، ޅ. އަތޮޅަށް ވަޑައިގެން އެރަށުގައި ތިބި އެމްޑީޕީގެ ސަޕޯޓަރުންނާ ބައްދަލުކުރަށްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ރާއްޖޭގައި އޮތް އެއްޗަކީ ފަޅުރަށް ކަމަށާއި އެރަށްތައް ތަރައްގީ ނުކޮށް ރާއްޖޭގެ އިގްތިސާދު ނުހިފެހެއްޓޭނެ ކަމަށެވެ. އެހެންކަމުން ރާއްޖޭގައި ހުރި ފަޅުރަށްތައް ވިޔަފާރި އުސޫލުން ތަރައްގީކުރަންޖެހޭކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
"އެ ވިސްނުމުގައި ރިސޯޓްތައް ހެދުމާއި އިންޑަސްޓްރިއަލް ކަންކަން ކުރުމަށް އެ ރަށްތައް ބޭނުން ކުރަން ޖެހޭ،" ރައީސް ސޯލިހް ވިދާޅުވިއެވެ.
ރައީސް ސޯލިހް ވިދާޅުވީ ބޮޑު ރަށްރަށާއި ކުޑަ ރަށްރަށާއި ފަޅުރަށްތައް ވެސް ތަރައްގީ ކުރަންޖެހޭ ކަމަށެވެ. އަދި ސަރުކާރުން އެކަން ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.
ރައީސް ވިދާޅުވީ ޅ. ދިއްފުށިމާދޫގަައި އަރަބި ގައުމެއްގެ ބޮޑު ކުންފުންޏަކުން އިންވެސްޓު ކުރަން ބޭނުންވާ ކަމަށެވެ. ރައީސްގެ މި ބައްދަލުވުމުގައި ކުރެންދޫގައި ހިންގަމުން އަންނަ މަޝްރޫއުތައް ފާހަގަކުރަށްވައި އެ މަޝްރޫއުތައް ގޮސްފައިވާ ހިސާބުތަކުގެ ތަފްސީލް ވަނީ ރައްޔިތުންނަށް ދެއްވާފައެވެ.
ޅ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ކުރެންދުއަށް ފަހު ރައީސް މިހާރު ވަނީ ނައިފަރަށް ވަޑައިގެންފައެވެ. ނައިފަރަށް ވަޑައިގެން ރައީސް ވަނީ ދޮރުން ދޮރަށް ހިންގަވައި ގޭގެއަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލު ކުރަށްވާފައެވެ. ރައީސް މިރޭގެ ވަގުތެއްގައި އެމަނިކުފާނުގެ އުފަން ރަށް، ހިންނަވަރަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު