މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެމްބަރު އަހުމަދު ގައިސް އެ ކޮމިޝަންގެ މެންބަރު ކަމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
އަހުމަދު ގައިސް އަކީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ނާއިބް ރައީސެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން އެކޮމިޝަންގެ ނާއިބް ރައީސްކަމުގެ މަގާމު ވަނީ ހުސްވެފައެވެ. ގައިސް ބްރޯޑްކޮމްގެ ނާއިބް ރަައީސް ކަމަށް އައްޔަން ކުރަށްވާފައިވަނީ 2019 ވަނަ އަހަރުގެ ޑިސެންބަރު މަހު 05 ވަނަ ދުވަހުއެވެ.
މީޑިޔާ އަށް މައުލޫމާތު ދެއްވަމުން ގަައިސް ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވީ ސިޔާސީ ކަންކަމަށް ވަގުތު ހުސްކުރުމާއި ރައީސް ސޯލިހްގެ ކެމްޕެއިންގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ. އަދި ފާއިތުވެދިޔަ ތިން އަހަރެއްހާ ދުވަހުގެތެރޭގައި ބްރޯޑްކޮމްގައި ހުންނަވައިގެން ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާއަށް ރަނގަޅު ހިދުމަތްތަކެއް ކޮށްދެއްވުނު ކަމަށް ގަބޫލު ކުރެވުމާއެކު އިސްތިއުފާދެއްވީ ކަމަށް ގައިސް ވިދާޅުވިއެެވެ.

ކިޔުންތެރިންގެ ހިޔާލު