ގއ.ވިލިނގިލީ ބަނދަރު ތަރައްޤީކުރުމުގެ 3 ވަނަ ފިޔަވަހި ފަށަން ތައްޔާރުވެއްޖެއެވެ.

މި މަސައްކަތް ކުރިއަށްގެންދާ އެމްޓީސީސީން ބުނީ ގއ. ވިލިނގިލީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު (ތިންވަނަ ފިޔަވަހި) ގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި 3 ޖެނުއަރީގައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައިވާކަމަށެވެ.



މި މަޝްރޫޢުގެ ދަށުން، 59,536.80 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ހާބަރ ބޭސިން ފުންކުރުމާއި، 275 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމާއި، 613 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 105 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުން ހިމެނެއެވެ. އަދި 685 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށިލުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ތެރެއިން ކުރާނެއެވެ.

މި މަޝްރޫޢަކީ 114.33 މިލިއަން ރުފިޔާގެ މަޝްރޫއެއްކަމަށް އެމްޓީސީސީން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު