އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ނ. މިލަދޫއަށް ވަޑައިގެންފިއެވެ.
ރައީސް ސާލިހު ނ.އަތޮޅަށް ވަޑައިގެންނެވީ ރ.އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅަށްފަހު އިއްޔެއެވެ. އަދި އެ އަތޮޅުގެ ބައެއް ރަށްތަކަށް ވަނީ ޒިޔާރަތްކޮށް، ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ.
ނ.އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި މިއަދު ރައީސް ސާލިހު ވަޑައިގެންނެވީ ނ.މިލަދޫއަށެވެ. މިލަދޫއަށް ވަޑައިގަތުމުން އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
މިލަދޫއަށް ވަޑައިގެން ރައީސް ސާލިހު ވަނީ މިލަދޫގައި އުޅުއްވާ އެމްޑީޕީގެ މެމްބަރުންނާއި ބައްދަލުކުރައްވާފައެވެ.
އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ. މި އިންތިހާބުގައި ރައީސް ސާލިހުގެ އިތުރުން ވާދަކުރައްވަނީ އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުއެވެ.

އެމްޑީޕީގެ އިސްލީޑަރު ރައީސުލް ޖުމްހޫރިއްޔާ @ibusolih ނ.މިލަދޫއަަށް.#MDPKuriah #Ibu2023 pic.twitter.com/3cKrQLgcUF
— MDP Kuriah (@MDPKuriah) January 8, 2023
މިލަދޫއަށް ވަޑައިގެން ރައީސް ސާލިހު ވަނީ މިލަދޫގައި އުޅުއްވާ އެމްޑީޕީގެ މެމްބަރުންނާއި ބައްދަލުކުރައްވާފައެވެ.
މިލަދޫ މެންބަރުންގެ ބައްދަލުވުން ފެށިގެން ކުރިއަށް.
— MDP Kuriah (@MDPKuriah) January 8, 2023
އިބޫ މީ އެމްޑީޕީ. އެމްޑީޕީ ކުރިއަށް އެމްޑީޕީ ކުރިއަށް. #MDPKuriah
#Ibu2023 pic.twitter.com/jcSqpnWqSz
އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ. މި އިންތިހާބުގައި ރައީސް ސާލިހުގެ އިތުރުން ވާދަކުރައްވަނީ އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުއެވެ.
ކިޔުންތެރިންގެ ހިޔާލު