ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޖީއޭ ޕާރކިންގައި ތާރު އެޅުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޖީއޭ ޕާރކިންގައި ތާރު އެޅުމުގެ މަޝްރޫޢު ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.

އެމްޓީސީސީން ބުނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޖީއޭ ޕާރކިންގައި ތާރު އެޅުމުގެ މަޝްރޫޢުގެ މަސައްކަތުގެ 46 ޕަސެންޓް ނިމިފައިވާކަމަށެވެ.



މި މަޝްރޫޢުގެ ދަށުން، 776 މީޓަރުގެ ވަގުތީ ފެންސެއް ޖެހުމާއި، 55،818 އަކަ މީޓަރުގެ ސަރަޙައްދެއްގެ ޓޮޕްސޮއިލް ނެގުމާއި، 8372.70 އަކަ މީޓަރުގެ ސަރަޙައްދަކަށް ވެލި އަޅައި ލެވެލް ކުރުމާއި، 55،818 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ސަބްބޭސް ތައްޔާރު ކުރުން ހިމެނޭކަމަށް އެމްޓީސީސީން ބުނެއެވެ. މީގެއިތުރުން 8372.70 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްގްރޭޑް ކޮމްޕެކްޓް ކުރުމާއި، 55،818 އަަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމުގެ މަސައްކަތް ކުރުން ހިމެނޭކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއަކީ 91.45 މިލިއަން ރުފިޔާގެ މަޝްރޫޢެއްކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު