ރާއްޖޭގައި އޮތީ އުއްމީދީ ވެރިކަމެއް ކަމަށް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް (މޯޑް) ވިދާޅުވެއްޖެ އެވެ.
ނ. ވެލިދޫގައި ރޭ ބޭއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޕްރައިމަރީ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް ވިދާޅުވީ ރާއްޖޭގައި އޮތީ އުއްމީދީ ވެރިކަމެއް ކަމަށެވެ. އަދި ރައީސް ސާލިހުގެ މި ވެރިކަމުން ފެނިގެން ދަނީ ގިނަ ކަންތައްތަކެއް ޖުމްލަ ރައްޔިތުންނަށް ފައިދާވާ ގޮތަށް ކުރަމުންދިޔަތަން ކަމަށް މޯޑް ވިދާޅުވިއެވެ. އަދި މިއީ ފޮރުވެން ހުރި ކަންކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ވެލިދޫ ދާއިރާގެ މެމްބަރު ޝަފީގް ވިދާޅުވީ އެމްޑީޕީ އަކީ އެތައް ބައެއްގެ ގުރުބާނީ ކަމަށެވެ. އެއީ އެންމެ މީހެއްގެ މަސައްކަތެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
ގާނޫނު އަސާސީ އިސްލާހު ކުރުމާއި، ކަޅު ހުކުރުގެ އެއްވުމާއި، އެންމެ ބޮޑު މުޒާހަރާ އާއި މޭޑޭގެ އެއްވުން ފަދަ އެތައް ސިޔާސީ ހަރަކާތްތަކުގެ ނަތީޖާ ގޮސް ހުއްޓުނީ އާ ގާނޫނު އަސާސީއަކަށް ކަމަށް މޯޑް ވިދާޅުވި އެވެ. އާ ގާނޫނު އަސާސީގެ ކުރިން އެމްޑީޕީ ރަޖިސްޓްރީވީ އެތައް ބަޔަކު ކުރި މިންނެތް މަސައްކަތުންކަން މޯޑް ވަނީ ފާހަގަކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު