ރާއްޖޭގެ ތައުލީމް ކުރިއަރުވައި އާ ޖީލެއް ބިނާކުރުމަށްޓަކައި އެމަނިކުފާނު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރަންޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި ރޭ ނ. ވެލިދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި މީހުން ބިނާކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އެގޮތުން އާ ޚިދުމަތްތެރި ޖީލެއް އުފަންކުރުމަށް ތައުލީމީ ދާއިރާއަށްި ގިނަ މަސައްކަތް ތަކެއް ކޮށްފައިވާ ކަމަށެވެ.
ތައުލީމީ ދާއިރާގެ އިންފްރާސްޓަކްޗަރ ތަރައްގީ ކުރުމަށް ކުރެވުނު މަސައްކަތުގެ ދަށުން 1570 ކްލާސް ރޫމް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އަޅާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިސަރުކާރުން އެޅި 80 މަލްޓި ޕާޕަސް ހޯލް ނިންމައި އޭގެ ބޭނުން ހިފަން ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ސުކޫލްތަކަށް ބޭނުންވެފައި ހުރި ސްޓާފްރޫމް ތަކާއި މުވައްޒަފުން މަސައްކަތް ކުރާނެ އޮފީސްތަކާއި އެކު 509 އިމާރާތެއް ސަރުކާރުން އަޅާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގުރާމްގެ ދަށުން 16000 ދަރިވަރުން މިހާރު ވެސް ކިޔަވަމުންދާ ކަމަށެވެ. އަދި 6519 ދަރިވަރުން ފަސްޓް ޑިގްރީ ނިންމައި އެއަށްވުރެ މަތީ ހަރުފަތަކަށް ދިޔުމަށްޓަކައި މަސައްކަތް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެެވެ.
"އަޅުގަނޑުމެން ބޭނުންވަނީ މިކަންކަން އަނެއްކާވެސް ހުއްޓުމަކަށް އަންނަންތޯ, ނުވަތަ ނޫންތޯ؟ މިއީ މިއަދު އަޅުގަނޑުމެންގެ ކުރިމަތީގައި އޮތް ސުވާލަކީ. މިފަދަ ސަރުކާރެއް މިގޮތަށް ނެތި މިކަން ކުރިއަށް ދެވޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް އަޅުގަނޑުމެންނަކަށް ނެތް، ތާރިޚު އެކަމަށް ހެކިދޭ. އެހެންވީމަ ރާއްޖޭގެ ތައުލީމް ކުރިއެރުވުމަށްޓަކައި ވެސް އާ ޖީލެއް ބިނާކުރުމަށްޓަކައި ވެސް އަޅުގަނޑުމެން އެބަޖެހޭ މި ޕްރައިމަރީ ކާމިޔާބުކުރަން." ރައީސް ސޯލިހް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު