އެމްޑީޕީގެ އަސާސްތަކުން މި ސަރުކާރުން ހިލާފުވީ ކޮން ފިކުރަކާ، ކޮން އަސާސަކާތޯ ވިދާޅުވެ އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، މުހައްމަދު އަސްލަމް ސުވާލު ކުރަށްވައިފިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭނު ޓީމުގެ ފަރާތުން ރޭ ނ. ވެލިދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ އެމްޑީޕީގެ ފިކުރަކީ ޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ އަސާސްތައް ކަމަށެވެ. އަދި އޭގެ ތެރެއިން މި ސަރުކާރުން ހިލާފުވީ ކޮން ފިކުރަކާ، ކޮން އަސާސަކާތޯއޭ ވިދާޅުވެ އަސްލަމް ވަނީ ސުވާލު ކުރަށްވާފައެވެ.
އޭނާ ވިދާޅުވީ ރައީސް ސޯލިހާއި އެމަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުންނަކީ އެމްޑީޕީގެ ބައެއް ނޫން ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާކަމަށެވެ. އަސްލަމް ވިދާޅުވީ ރައީސް ސޯލިހް އެމްޑީޕީއަށް ދެރަގޮތެއް ނަހައްދަވާނެ ކަމަށެވެ.
އެމްޑީޕީއަށްޓަކައި އެންމެ ބޮޑު ގުރުބާނީއެއް ވެވަޑަައިގެންނެވި އެއްބޭފުޅަކީ ރައީސް ސޯލިހް ކަމަށް އަސްލަމް ވިދާޅުވިއެވެ. އަސްލަމް ވިދާޅުވީ އެމްޑީޕީއާއި އެމްޑީޕީގެ ފިކުރު އުފަންވެގެން އައީ ރައްޔިތުންނަށް ބޭނުންވާ ފަދަ ވެރިކަމެއް ކޮށްދިނުމަށް ކަމަށެވެ. އެކަން ކުރަން އެކުލަވާލި ފެހި ގާނޫނުއަސާސީ އެކުލަވާލުމުގައި ރައްޔިތުންގެ ހާއްސަ މަޖިލީހާއި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެންމެ މުހިއްމު މަސައްކަތްތަކެއް ކުރެއްވި އެއް މޭސްތިރިޔަކީ ރައީސް ސޯލިހް ކަމަށް އޭނާ ވިދާޅުވިއެވެ.
"ފެށުނީސްސުރެ މި ޕާޓީން ހިންގި އެންމެހާ ހަރަކާތްތަކުގައި އެންމެ ފުލުގައި އެންމެ ވަރުގަދަ އަށް ހިއްޕަވައި އެންމެ ބުރަ މަސައްކަތް ކުރެއްވި އެއްބޭފުޅަކީ ރައީސް ސޯލިހް، އިބްރާހިމް މުހައްމަދު ސޯލިހް މި ޕާޓީގެ މީހަކަށް ނުވަންޏާ އެހެން އެއްވެސް މީހަކު މި ޕާޓީގެ މީހަކަށް ނުވާނެ، އަޅުގަނޑުމެންގެ ތެރެއިން އެކަކު މިޕާޓީގެ މީހަކަށް ނުވާނެ، އިބްރާހިމް މުހައްމަދު ސޯލިހް މި ޕާޓީއަށްޓަކައި ވެވަޑައިގެންނެވި ގުރުބާނީ ކުރެއްވި މަސައްކަތް ގާތުން ދުށް އެކެއްގެ ހައިސިއްޔަތުން މިދަންނަވަނީ." ރައީސް ސޯލިހް ބައިވެރިިވެވަޑައިގެންނެވި އެ ޖަލްސާގައި އަސްލަމް ވިދާޅުވިއެވެ.
އެމްޑީޕީގެ ފިކުރަކީ ކޮބައިކަން އޮޅިފައިވާ ކަމަށާއި އަދި ވާދަވެރި ފަރާތްތަކުން އެ ވިދާޅުވާ އެމްޑީޕީގެ ފިކުރަކީ ކޮބައިތޯ ވެސް އަސްލަމް ވަނީ ސުވާލު ކުރަށްވާފައެވެ. އަސްލަމް ވިދާޅުވީ އެމްޑީޕީގެ އަސާސް ތަކާއި ޚިލާފު އެހެން ފިކުރެއްގެ ދިރުން އެއީ މުޅިން އެހެން ފިކުރެއްގެ ދިރުން ކަމަށެވެ. އެހެންވެ އަސްލަމް ވަނީ އެމްޑީޕީގެ މެންބަރުން އެމްޑީޕީގެ ފިކުރުގައި ސަމާލުވެ ތިއްބެވުމަށް އެދިވަޑައިގެންފައެވެ.
"އެ ނޫން އެހެން ފިކުރެއްގެ ދިރުން އެއީ މުޅިން އެހެން ފިކުރެއްގެ ދިރުން، މުޅިން އެހެން ޕާޓީއެއް އުފަންކުރާ ވާހަކަ އެ ދައްކަވަނީ،" ފިކުރެއްގެ ދިރުން، މި ނަމުގައި އެމްޑީޕީގެ ޕްރައިމަރީގައި އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރަށްވާތީ އެކަމަށް ފާޑުވިދާޅުވަމުން އަސްލަމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު