ރައްޔިތުންނަށް ހަމަޖެހިލައިގެން ދިރިއުޅެވެން އޮތް ދުވަހު ގައުމު ހަލަބޮލިކޮށް ސިޔާސީ ހަމަނުޖެހުމެއްގެ ތެރެއަށް ވަންނާކަށް އެމްޑީޕީ މެމްބަރުން ބޭނުންނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ޙުސައިން މިރޭ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރަށްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕޭން ޓީމުގެ ފަރާތުން މިރޭ ނ. ވެލިދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ޙުސައިން ވިދާޅުވީ، އެމްޑީޕީގެ މެމްބަރުން މަގުމަތީގައި އެތައް ގުރުބާނީ އެއް ވެފައިވާ ކަމަށެވެ. އެޕާޓީގެ މެމްބަރުން އަލުން އަނބުރާ މަގުމައްޗަށް ދާން ބޭނުންނުވާ ކަމަށް ހިސާން ވިދާޅުވިއެވެ.
ހިސާން ވިދާޅުވީ މިއަދު ހަމަޖެހިލައިގެން ހިންދެމިލައިގެން ދިރިއުޅެވެން އޮތް ދުވަހު އަލުން އަނބުރާ ގައުމު ހަލަބޮލިކޮށް ސިޔާސީ ހަމަނުޖެހުމެއްގެ ތެރެއަށް ވަންނަން އެމްޑީޕީގެ މެމްބަރުން ބޭނުންނުވާ ކަަމަށެވެ. ރައީސް ސޯލިހްގެ ވެރިކަމުގައި ބިރުވެރިކަމާއި ހާސްކަމުން ރައްޔިތުން ސަލާމަތްކޮށް ސިޔާސީ ހަމަޖެހުން ގައުމަަށް ގެނެސްދެއްވާފައިވާ ކަމަށް ހިސާން ވިދާޅުވިއެވެ.
"އަޅުގަނޑުމެން ތާހިރު ދިރިއުޅުމެއް ހިތްހަމަޖެހުމާއެއްކޮށް އާއިލާ އާއި އެއްކޮށް ވަޒީފާތަކުގައި އުޅެން ބޭނުން، މި ޕާޓީގެ މެމްބަރުން އަލުން އަނބުރާ ބިރުވެރިކަމާއި ހާސްކަމަށް ދާކަށް ބޭނުމެއް ނޫން، އަނބުރާ ޖަލު ގޮޅިތަކަށް ދާން ބޭނުމެއް ނޫން، އެހެންވީމަ އަޅުގަނޑުމެންގެ ޗޮއިސް އަކީ މަނިކުފާނު (ރައީސް ސޯލިހް)." ޖޭއެސްސީގެ ރައީސްކަން ވެސް ކުރަށްވާ ހިސާން ވިދާޅުވިއެވެ.
މީގެ އިތުރުން ހިސާން ވިދާޅުވީ ކުއްލި ކުއްލިއަށް ނިންމުންތަށް ނުނިންމަވަައި ތަފާތު ޚިޔާލުތަކާއެކު ވެރިކަން ކުރެވިދާނެ ކަން ރައީސް ސާލިޙު ސާބިތުކޮށްދެއްވާފައިވާ ކަމަށެވެ. ރައީސް ސާލިޙުގެ ވެރިކަމުގައި ތާހިރު ދިރިއުޅުމެއް ރައްޔިތުންނަށް ހޯއްދަވައި ދެއްވައި ރަށު ބަންދުން ރައްޔިތުން ވީއްލާފައިވާ ކަމަށް ހިސާން ވިދާޅުވިއެވެ.
އަދި ރައީސް ސޯލިހް ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި ބަނދަރުތައް ހަދައިދީފި ކަމަށާއި އާރުޓީއެލް ޒަމާނީ ފެރީގެ ނިޒާމް ގާއިމް ކުރަށްވާފައިވާ ކަމަަށް ހިސާން ވިދާޅުވިއެވެ. ފޮތް ފަންސުރު ހިލޭ ލިބޭ ނިޒާމަކުން ހިލޭ ޑިގްރީއަށް ކިޔެވޭނެ ގޮތް ރައީސް ހަމަޖައްސަވައި ދެއްވާފައިވާ ކަމަށް ހިސާން ވިދާޅުވިއެވެ.
ހިސާން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް ސޯލިހް ކާމިޔާބު ކުރަށްވާނެ ކަމަށެވެ. އަދި އެމަނިކުފާނާއެކު ރިޔާސީ އިންތިޚާބު ވެސް ބޮޑުތަނުން ކާމިޔާބު ކުރާނެ ކަމަށް ހިސާން ވިދާޅުވިއެވެ. ހިސާން ވިދާޅުވީ ރިޔާސީ ކެންޑިޑޭޓެއް އިޚުތިޔާރުކުރާއިރު ވިސްނަންޖެހޭނީ ގައުމީ މަސްލަހަތަށް ކަމަށެވެ. އަދި ބަލަންޖެހޭނީ ގައުމީ އިންތިޚާބެއް ކާމިޔާބު ކުރެވޭނީ ކޮން ކެންޑިޑޭޓަކާއެކު ކަމަށާއި އެގޮތުން 2018 ވަނަ އަހަރު ރިޔާސީ އިންތިޚާބު ރައީސް ސޯލިހާއެކު ކާމިޔާބު ކުރެވުން އެއީ އެމަނިކުފާނު އިޚުތިޔާރު ކުރި ސަބަބު ކަމަށް ހިސާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު