ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ދަށުން ށ. އަތޮޅުގައި ދުއްވަމުންދިޔަ އާރްޓީއެލް ފެރީއެއް އެއަތޮޅު ނޫމަރާ ނެރުފައިކައްޓަށް އުރިއްޖެއެވެ.

ނޫމަރާ ކައުންސިލުން ބުނެފައިވަނީ, އާރްޓީއެލް 112 ފެރީ އެ ރަށު ފަޅަށް ވަންނަން އުޅުމުގެ ތެރޭގައި ނެރުފައިކައްޓަށް އަރާފައިވާކަމަށެވެ. އަދި އެ ރަށު ރައްޔިތުންގެ އެހީތެރިކަމާއެކު 45 ވަރަކަށް މިނެޓުގެ މަސައްކަތުން މިހާރުވަނީ ފެރީ ފުންކުރެވިފައި ކަމަށް ވެސް އެ ރަށު ކައުންސިލުން ވަނީ ބުނެފައެވެ.

ކައުންސިލުން ބުނީ, ފެރީ ފުންކުރުމާއިއެކު އެމްއެންޑީއެފް ނޮދަން އޭރިއާ ގެ ޓީމުން މިހާރު ގެންދަނީ އިތުރަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމަކަށް މައުލޫމާތު ލިބިފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު