ކ. ގުޅިގައި އޮޑިދޯނި ފަހަރަށް ފަސޭހަކަމާއިއެކު ފެން ލިބޭނެ އިންތިޒާމު ސްޓެލްކޯއިން ހަމަޖައްސައިދީފިއެވެ.
އެ ކުންފުނިން މައުލޫމާތު ދިން ގޮތުގައި ބުރާސްފަތި ދުވަހު ގުޅީގައި ދޭންފެށި މި ހިދުމަތާއި އެކު، ޒަމާނީ ގިނަ ފަސޭހަތަކެއް ލިބިގެންދާނެއެވެ. އެގޮތުން ހޮޓްލައިންއަށް ގުޅާ އޯޑަރު ދިނުމުން، ޕޭމަންޓް ލިންކް ފޯނަށް ލިބި، ފަސޭހައިން ހިދުމަތަށް ފައިސާ ދެއްކުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައި ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.
މި ހިދުމަތް ގުޅީގައި އިފްތިތާހު ކުރެވިގެންދިއުމާއެކު، ކުންފުނީގެ މެނޭޖްމަންޓުން ވަނީ ގުޅީގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ދޯންޏަކަށް 1 ޓަނުގެ ފެން ހިލޭ ދިނުމަށް ނިންމާފައެވެ.
އޮޑި ދޯނިފަހަރަށް ފެން ވިއްކަމުން ގެންދާނީ 3 ބޭންޑަކަށް ބަހާލައިގެން، އެގޮތުން ބޭންޑް A އަށް ދިހަ ރުފިޔާ، ބޭންޑް B އަށް ބާރަ ރުފިޔާ ފަންސާސް ލާރި އަދި ބޭންޑް C އަށް ތޭރަ ރުފިޔާ ފަންސާސް ލާރީގެ މަގުން ޗާޖް ކުރެވިގެންދާނެއެވެ.
ގުޅީގައި ފެނުގެ ހިދުމަތް ސްޓެލްކޯއިން ފެށިއިރު, އޮޑި ދޯނިފަހަރަށް ފެން ވިއްކުމުގެ ހިދުމަތް އދ. މަހިބަދޫ އާއި ކ. ގާފަރުގައި ވެސް މިހާރު ދަނީ ދެމުންނެވެ. މީގެ އިތުރުންވެސް އެ ކުންފުނިން ފެނުގެ ހިދުމަތްދޭ އެހެން ރަށްތަކުގައިވެސް މި ހިދުމަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ކުންފުނިން ދަނީ ވަމުން ކަމަށްވެސް ސްޓެލްކޯއިން މައުލޫމާތު ދެއެވެ.
ގުޅީން ފެނުގެ ހިދުމަތް ބޭނުންވާ ފަރާތްތަކުން ފެނުގެ ހޮޓްލައިން 7281221 އާއި ގުޅައިގެން ކުރިއަށް ގެންދިޔުމަށް ސްޓެލްކޯއިން އެދެއެވެ. މި ހިދުމަތް ގުޅީގެ ދޯނިތަކުގެ އިތުރުން އެ ހިދުމަތް ބޭނުންވާ އެހެން ދޯނިތަކަށް ވެސް ދޭނެކަމަށް ސްޓެލްކޯއިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު