މި ސަރުކާރުގެ ފަސް އަހަރު ނިމިގެން މިދަނީ ފަސް އަހަރުގެ ތެރޭގައި ކުރީގެ އެއްވެސް ރައީސަކަށް ނުކުރެއްވޭ ވަރުގެ ކަންތައްތަކެއް ރަށްރަށުގައި ކޮށްފައިކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޕްރައިމަރީ ކެމްޕެއިނަށް ނ. ކެނދިކުޅުދޫއަށް ވަޑައިގެން އެ ރަށުގެ އެމްޑީޕީގެ މެމްބަރުންނާއި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ތަރައްގީގެ މަސައްކަތްތައް ސަރުކާރުން ކުރިއަށް ގެންދިޔައިރު ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނާއި އިދިކޮޅުން ފެށުނީއްސުރެ ގޮންޖެހުންތަކެއް ކުރިމަތި ކުރަމުން ދިޔަ ކަމަށެވެ.
ނަމަވެސް ސަރުކާރުން ވަނީ އެ ގޮންޖެހުންތަކާއެކުވެސް ފަސް އަހަރުގެ ތެރޭގައި އެއްވެސް ރައީސަކަށް ނުކުރެއްވޭ ވަރުގެ ކަންތައްތަކެއް ރައްޔިތުންނަށް ކޮށްދެއްވާފައިކަމަށް ރައީސް ވިދާޅުވިއެވެ.
"ކެތްތެރިކަމާއެކު އެ ގޮންޖެހުންތައް ހުރަސްކޮށް، މިއަދު މި ވަނީ ރާއްޖޭގެ ވެރިކަމުގައި ފަސް އަހަރު ހޭދަކުރި އެއްވެސް ސަރުކާރަކަށް ނުކޮށްދެވޭ ވަރުގެ މަސައްކަތްތައް ރާއްޖޭގެ ރަށްރަށަށް ކޮށްދީފައި،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުޑަކުޑަ އާބާދީތަކަށް ގެނެސްދޭ ތަރައްގީއަކީ އިސްރާފެއް ނޫންކަމަށާއި ސަރުކާރަކުން ރައްޔިތުންނަށް ކޮށްދޭ އެއްވެސް ކަމަކީ އިސްރާފެއް ނޫން ކަމަށެވެ. އަދި ވެރިކަމުގެ ވެރިން ތިބެނީ ރައްޔިތުންެނަށް ހިދުމަތް ކުރަންކަމަށާއި އެމްޑީޕީއަށް ލިބިވަފައިވާ އަޣުލަބިއްޔަތު ބޭނުން ކުރަންވާނީ ހުރިހާ ދިވެހިންނަށް ހިދުމަތް ކުރަން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު