ފައިސާ ހަމަޖައްސައިދިނުމުންވެސް މާލޭގެ މިސްކިތްތައް މަރާމާތުކުރުމަށް މާލެ ސިޓީ ކައުންސިލުން ފަންޑް ހޯދުމުގެ މަސައްކަތްކުރާތީ އިސްލާމިކް މިނިސްޓްރީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މާލޭގެ މިސްކިތްތަކުގެ އާބާތުރަ ފިލުވުމަށް ސިޓީ ކައުންސިލުން ފަންޑް ރައިސިންގ ހަރަކާތްތަކެއް ކުރިއަށް ގެންދާތީ އެކަމާއި ކަންބޮޑުވުން ފާޅުކޮށް އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މާލޭގެ މިސްކިތްތައް މަރާމާތުކުރުމަށް ވަކި ބަޖެޓެއް ކަނޑައަޅާފައިވާކަމަށެވެ. އަދި އެފައިސާ ޚަރަދުނުކޮށް މާލެ ސިޓީ ކައުންސިލުން އެމަސައްކަތް ކުރުމަށް ފަންޑް ހޯދުމުގެ ހަރަކާތެއް ބާއްވާތީ އިސްލާމިކް މިނިސްޓްރީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މާލޭގެ މިސްކިތްތަކުގެ އާބާތުރަ ފިލުވާ މިސްކިތްތައް މަރާމާތުކުރުމަށް އިސްލާމިކް މިނިސްޓްރީ ކޮންމެ އަހަރަކަށްވެސް ވަކި ބަޖެޓެއް ކަނޑައަޅާކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ 2020 ވަނަ އަހަރު އެމަސައްކަތް ކުރުމަށް 1 މިލިއަން ރުފިޔާގެ ބަޖެޓެއް ސިޓީ ކައުންސިލަށް ދޫކޮށްފައިވާނެކަމަށާއި އަދި ފައިސާ ބޭނުންކުރާ ގޮތުގެ ރިޕޯޓު ހުށައެޅުމަށް އެންގުމުން އެގޮތަށް ޢަމަލުނުކުރުމުން 2021 ވަނަ އަހަރުވެސް އެފައިސާ ބޭނުންކުރެވޭނެ ކަމަށް މިނިސްޓްރީން ކައުންސިލަށް އަންގާފައިވާނެ ކަމަށެވެ. ނަމަވެސް 2021 ވަނަ އަހަރުވެސް އެ ފައިސާ ބޭނުންކުރި ގޮތުގެ ރިޕޯޓު ހުށަނާޅާތީ ސުވާލުކުރުމުން ސިޓީ ކައުންސިލުން އެފައިސާ ބޭނުން ނުކުރާ ކަމަށާއި އެފައިސާ އެބަހުރިކަމަށް އޭރު ބުނެފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ 2022 ވަނަ އަހަރުވެސް 2 މިލިއަން ރުފިޔާގެ ބަޖެޓެއް މާލޭގެ މިސްކިތްތައް މަރާމާތުކުރުމަށް ކަނޑައެޅިކަމަށެވެ. އަދި އެކަން ސިޓީ ކައުންސިލަށް އަންގާފައިވާނެ ކަމަށާއި ނަމަވެސް މިދިޔަ އަހަރު ފައިސާ ދޫކުރުމުގެ ބަދަލުގައި މިސްކިތްތައް މަރާމާތުކުރުމަށް ފަހު ހިނގާ ބިލްތައް މިނިސްޓްރީއަށް ހުށައެޅުމުން އެބަޖެޓުން ފައިސާ ހަމަޖެހޭނެކަން އަންގާފައިވާކަމަށް މިނިސްްޓްރީން ވިދާޅުވެއެވެ.
ނަމަވެސް ކައުންސިލުން މިދިޔަ އަހަރުވެސް އެފަދަ އެއްވެސް މުޢާމަލާތެއްކޮށް މިނިސްޓްރީއާއި ހިއްސާކޮށްފައިނުވާކަމަށް މިނިސްްޓްރީން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު