އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ނ. އަތޮޅަށް ވަޑައިގެންފިއެވެ.

ރައީސް ސާލިހު ނ.އަތޮޅަށް ވަޑައިގެންނެވީ ރ.އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅަށްފަހުއެވެ.

ނ.އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި ރައީސް ސާލިހު އެންމެ ފުރަތަމަ ވަޑައިގެންނެވީ ނ.އަތޮޅު ކެނދިކުޅުދޫއަށެވެ.

ކެނދިކުޅުދޫއަށް ވަޑައިގެންނެވުމުން އެ ރަށުން ރައީސް ސާލީހުއަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.



އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ. މި އިންތިހާބުގައި ރައީސް ސާލިހުގެ އިތުރުން ވާދަކުރައްވަނީ އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރިގަދަވެފައިވާއިރު، ރައީސް ނަޝީދުވެސް އުޅުއްވަނީ ކެމްޕެއިންގައި މެދުރާއްޖެތެރޭގައެވެ.



ކިޔުންތެރިންގެ ހިޔާލު