އެއްވެސް ސަރުކާރަކުން ރ.މަޑުއްވަރީގައި ބަނދަރެއް ތަރައްގީކޮށް ނުދެއްވިކަމަށާއި، ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން މަޑުއްވަރީ ބަނދަރު ތަރައްގީކޮށް އެ ނިންމާލަނީ ރައްޔިތުންެ އެދުނު ގޮތަށް، އެދުނު ފެންވަރަށްކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަދި އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލީ މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.

ރ.އަތޮޅަށް ރައީސް ސާލިހު ކުރައްވާ ކެމްޕެއިން ދަތުރުފުޅުގެ ރ.މީދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މޫކޭ ވިދާޅުވީ މިދިޔަ ހުރިހާ ސަރުކާރެއްގައިވެސް މަޑުއްވަރީގައި ބަނދަރު ތަރައްޤީކޮށްދެއްވުމަށް އެދުނުކަމަށެވެ. ނަމަވެސް ކޮންމެ ސަރުކާރަކުންވެސް ބަޖެޓްގައި އެ މަސައްކަތް ހިމެނުން ފިޔަވައި އިތުރު މަސައްކަތެއް ނުކުރާކަމަށެވެ.

"ބަނދަރެއް ނޭޅޭ އެއްވެސް ރަށެއްގައެއް. އެކަމަކު މިއަދުގެ ރައީސުލްޖުމްހުރިއްޔާ އެރަށުގައި އެ އަޅަނީ 1200 މީޓަރުގެ ބޮޑު ބަނދަރެއް. މިއަދު މަޑުއްވަރީ ރައްޔިތުން އެ ތިބީ އުފަލުން. ކީއްވެތޯ.. އެއީ އޯގާތެރިކަމަކީ. ރައްޔިތުން އެދުނު ގޮތަށް، އެދުނު ފެންވަރުގައި އަޅާ އެ ނިންމާލަނީ. އަޅުގަނޑުމެން ކައިރިއަކު ނުބުނޭ ހަރަދު ބޮޑުވާނެއޭ، ކުޑަރަށެކޭ، ނުވާނެއޭ.. އެއީ ތަފާތަކީ" މޫކޭ ވިދާޅުވިއެވެ.



މަޑުއްވަރީ ބަނދަރު ހެދުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން، އެމްޓީސީސީއާ ހަވާލުކުރީ 51 މިލިއަން ރުފިޔާއަށް 480 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އެ މަޝްރޫއުގެ ދަށުން 38،800 ކިއުބިކް މީޓަރަށް ބަނދަރު ފުންކޮށް، 54،093 ކިއުބިކް މީޓަރަށް ބަނދަރަށް ވަންނަ ނެރު ފުން ކުރާނެއެވެ. އަދި 92،893 މީޓަރު ބޮޑު ހިލައިގެ ބޭރުތޮށި ޖެހުމާއި 122 މީޓަރު ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ވެސް ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު