މާލޭގައި ސްޓެލްކޯއިން ދެމުންދާ ކަރަންޓްގެ ހިދުމަތް އަޕްގްރޭޑް ކުރުމަށްޓަކައި ކުރާ މަސައްކަތަކަށް މާދަމާ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކަނޑާލަން ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެ ކުންފުނިން މިއަދު ބުނީ, ކުންފުނީގެ ކަރަންޓް ވިއުގަ އަޕްގްރޭޑް ކުރުމަށް ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް 7 ޖަނަވަރީ 2023 ވަނަ ދުވަހުގެ ހެނދުނު 8:00 އިން 11:00 އަށް މައްޗަންގޮޅީގެ އަމީނީމަގާއި, ބުރުޒުމަގު އަދި އާމިނަ ރަނި ހިނގުމާއި, ރަށްދެބައި ހިނގުމުގެ އިތުރުން ލޮނުޒިޔާރަތް މަގާއި, ސިއްތިމާވާ ހިނގުމުން ކަރަންޓްގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ.



އެހެންކަމުން މިކަމުން ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މައާފަށް އެދިފައެވެ.

ސްޓެލްކޯއިން ދޭ ކަރަންޓްގެ ހިދުމަތް ދެމެހެއްޓެވިނި އިތުބާރުހުރި ގޮތެއްގައި ފޯރު ކޮށްދިނުމަށް އެ ކުންފުނިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު