މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް އެކަނި 48 ޕަސެންޓް މީހުންގެ ވޯޓް ނެގިދާނެ ކަމަށް އެޕާޓީގެ އިސްލީޑަރު އަދި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު މިރޭ ވިދާޅުވެއްޖެއެެވެ.
ރައީސް މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގެ ތެރެއިން ރ. މީދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެެވެ. މިޖަލްސާގަައި ވާހަކަފުޅު ދައްކަވަމުން ރަައީސް އިބްރާހިމް މުހައްމަދު ސާލިޙު ވިދާޅުވީ އެމްޑީޕީއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީ ކަމަށެވެ.
އެމްޑީޕީއަށް ރިޔާސީ އިންތިޚާބުގައި 48 ޕަސެންޓް ވޯޓް ހޯދިދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން 105،000 ވޯޓް ނުވަތަ 110،000 ވޯޓު ނެގިދާނެ ކަމަށާއި އެހެން ނަމަވެސް އެމްޑީޕީން އެކަނި ނިކުމެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިދާނެ ކަމަށް ގަބޫލުފުޅު ނުކުރަށްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އެމްޑީޕީއަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނީ ތަފާތު ފިކުރު ތަކާއިއެކު ޚިޔާލު އެއްގޮތް ކޮށްގެން ވެރިކަން ކުރެވޭނެ ފަރާތަކަށް ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެމަނިކުފާނަށް ތަފާތު ފިކުރާ ޚިޔާލު އެއްގޮތްކޮށް ސިޔާސީ ބޭފުޅުންނާއެކު އެއްތަންކޮށް އެކީގައި މަސައްކަތް ކުރެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަޝްރަޙު އޮތީ އެކަނި ނިކުމެ 50 ޕަސެންޓަށްވުރެ ގިނަ ވޯޓް ހޯދައިގެން ވެރިކަންކުރެވޭނެ ގޮތަކަށް ނޫން ކަމަށެވެ.
"ތެދެއް އެމްޑީޕީއަކީ އެންމެ ބޮޑު ޕާޓީ އެކަމާ ދޭތެރޭ އަޅުގަނޑުމެން ފަޚުރުވެރިވަން. އެހެން ނަމަވެސް އެ މަދުވާ އެތިކޮޅު ޕަސެންޓް ނުލިބި ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީ އެންމެ ގިނަ މެމްބަރުން ތިބި ޕާޓީ މަގުމަތިވާންވީތޯ؟ މިއީ މިއަދު އަޅުގަނޑުމެން ހިތާ ހިތާ ކުރަންވީ ސުވާލަކީ، ބޭނުންވާ އަދަދު ނުލިބުމުގެ ސަބަބުން މިދަންނަވާ 110000 މީހުން މަގުމަތީގައި އަނެއްކާވެސް 5 އަހަރު ތިބެންވީތޯ؟ މިއީ ފުންކޮށް އަޅުގަނޑުމެން ވިސްނަންވީ ކަމަކީ." ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ސަރުކާރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތަރައްގީގެ ގިނަ ޕްރޮޖެކްޓް ތަކެއް ހިންގަމުން ގެންދާ ކަމަށެވެ. އެ ތަރައްގީގެ ޕްރޮޖެކްޓްތައް ނުހުއްޓި ކުރިއަށް ގެންދިޔުމަށްޓަކައި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އަދި އެމްޑީޕީގެ ވިސްނުމާއި ފިކުރު ކުރިއަށް ނެރެ ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމްޑީޕީގެ މެމްބަރުން މަސައްކަތް ކުރަންވާނީ ވޭތުވެދިޔަ ތަނުގައި ލިބިފައިވާ ތަޖުރިބާގެ އަލީގައި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެ ކެންޑިޑޭޓަކާއެކު ކަމަށެވެ. އެމްޑީޕީއަށް ވެރިކަން ލިބި ތިން އަހަރުގެ ތެރޭގައި މަގުމަތިވިގޮތް އެޕާޓީގެ މެމްބަރުންގެ ހަނދާނުގައި މިއަދު ވެސް އެބަހުރިކަމަށް ރައީސް ވިދާޅުވިއެވެ. އެމްޑީޕީގެ ވެރިކަން ވެއްޓި 2012 ވަނަ އަހަރުން 2018 ވަނަ އަހަރާއި ހަމަޔަށް ރާއްޖޭގެ ހާލަތު އޮތްގޮތް އެމްޑީޕީގެ މެމްބަރުންގެ ހަނދާނުން ނުފޮހެވޭ ކަމަށް ރައީސް ވިދާޅުވިއެވެ.
"އަދި އެދުވަސް ހަނދާނުން ފޮހެލާކަށް ވެސް ނުވާނެ. އަނިޔާވެރިކަން ބިރުވެރިކަން ކުލެނެއް ނެތި އެތައް އެތައް މަރެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިމަތިވެގެންދިޔަ ގޮތް، މިރަށައް ނިސްބަތްވާ ޒުވާނަކު އަނިޔާވެރިކޮށް މަރާލެވިގެން އެދިޔަ ގޮތް ފުންކޮށް ވިސްނަންޖެހޭ ކަމެއް. އަޅުގަނޑުމެން ބޭނުންވަނީ އެ އަނިޔާވެރިކަމާއި ބިރުވެރިކަމުގެ ތެރެއަށް ދާންތޯ، ނޫނިއްޔާ މިހާރު މިއޮތް ސުލްޙަވެރިކަމާއި ހަމަޖެހުމާއި އެކީގައި ކުރިއަށް ދާންތޯ؟ މިއީ އަޅުގަނޑުމެންގެ ކުރިމަތީގައި މިއަދު އޮތް ސުވާލަކީ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމްޑީޕީން ރިޔާސީ އިންތިޚާބު ބޮޑުތަނުން ކާމިޔާބު ކުރާނެ ކަމަށެވެ. އަދި އެކަން ކުރުމަށްޓަކައި އެމްޑީޕީގެ ޕްރައިމަރީ އެމަނިކުފާނަށް ކާމިޔާބުކޮށްދިނުމަށް ޕާޓީގެ މެމްބަރުންގެ ކިބައިން ރައީސް ވަނީ އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު