އަނިޔާވެރިގޮތަކަށް މަރާލާފައިވާ ރ. މީދޫއަށް ނިސްބަތްވާ އަނަސްއަށް އިންސާފު ހޯއްދަވައިދެއްވާނެކަމަށް ވިދާޅުވާ ވިދާޅުވުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަކުރާރު ކުރައްވައިފިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި މީދޫއަށް ވަޑައިގެން މިރޭ އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ, ކުރީގެ ރައީސް ޔާމީންގެ އަނިޔާވެރި ވެރިކަން އިއާދަވާން ދިވެހީން ބޭނުން ނުވާކަމަށެވެ. އަދި އެ ސަރުކާރުގެ ދުވަސްވަރު ރާއްޖެ އޮތީ ބިރުވެރިކަމެއްގެ ތެރޭގައިކަން ފާހަގަ ކުރައްވާ އޭރު ހިނގާދިޔަ މަރުތަކުގެ ހާދިސާތައް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
ރައީސް ވިދާޅުވީ އެފަދަ އެއް މަރަކީ އަނަސްގެ މަރު ކަމަށާއި އަނަސްއަށް ދިމާވިފަދަ ކަމެއް އެހެން އެއްވެސް ޒުވާނަކަށް ދިމާވުމަށް އެދިވަޑައި ނުގަންނަވާ ކަމަށެވެ.
ރައީސް ވިދާޅުވީ އަނަސްގެ މަރުގެ މައްސަލާގައި 8 މީހެއްގެ މައްޗަށް ކޯޓުގައި ޝަރީއަތް ހިނގަމުން އެބަ ދާކަމަށެވެ. އަދި އޭގެ ތެރެއިން އެކަކުގެ މައްޗަށް ހައިކޯޓުގެ މަރުހަލާގައި ކުށް ސާބިތުވެފައިވާކަން ވެސް ފާހަގަ ކުރެއްވިއެވެ.
އޭގެ އިތުރުން އެ މަރަށް އިންސާފު ހޯދައިދިނުމަށް ހާއްސަ ކޮމިޝަނެއް އުފެއްދެވި ކަމަށާއި ކޮމިޝަނުން މިހާރުވެސް އެ މަސައްކަތް ކުރައްވަމުން އެބަ ގެންދަވާކަމަށް ވިދާޅުވިއެވެ. އަދި އަނަސްއަށް އިންސާފު ހޯއްދަވައިދެއްވާނެކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ވިދާޅުވި ވިދާޅުވުން ރައީސް ވަނީ ތަކުރާރު ކުރައްވާފައެވެ.
މިރޭ މީދޫގައި ބޭއްވި ޖަލްސާގައި އެމްޑީޕީގެ ލީޑަރޝިޕްގެ ގިނަބަޔަކު ވަނީ ބައިވެރިވެފައެވެ. އަދި ގިނަ އަދަދެއްގެ އެމްޑީޕީ މެންބަރުން ވެސް ވަނީ ބައިވެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު