ކުޅުދުއްފުށީ ސިޓީއަށް ތަރައްގީ ގެނައުމުގައި ސަރުކާރު ލަހެއް ނޫންކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު މިރޭ ވިދާޅުވެއްޖެއެވެ.
މިއުވާން މިހެން ވިދާޅުވީ ކުޅުދުއްފުށީގެ ތަރައްގީގެ މަޝްރޫއުތައް ތަންފީޒުކުރުމުގައި އިންތިހާއަށް ލަސްވަމުން އަންނަކަމަށް ވިދާޅުވެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް ސަރުކާރަށް ކުރި ތާއިދު އަނބުރާ ގެންދިޔުމާއި ގުޅިގެން ރަސްއޮންލައިނުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެެވެ.
މެމްބަރު ޔާސިރު މިރޭ ވިދާޅުވީ ފާއިތުވި ހަތަރު އަހަރު ސަރުކާރަށް ބޭނުންވި ހުރިހާ ކަމެއްގައި ސަރުކާރަށް ތާއީދުކޮށް އެއްބާރުލުން ދީފައިވާ ކަމަށެވެ. އެހެން ނަމަވެސް ކުޅުދުއްފުށީގެ ތަރައްގީގެ މަޝްރޫއުތައް ތަންފީޒުކުރުމުގައި އިންތިހާއަށް ލަސްވަމުން އަންނަކަމަށް ޔާސިރު ވިދާޅުވިއެވެ. އެ ސަބަބާ ގުޅިގެން އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ނަޝީދަށް ފުރިހަމައަށް ތާއީދުކުރުމަށް ނިންމާފައިވާ ކަމަށް ޔާސިރު ވިދާޅުވިއެވެ.
ޔާސިރުގެ ނިންމެވުމާއި ގުޅިގެން ރަސްއޮންލައިނަށް މިރޭ ދެއްވި އިންޓަވިއު އެއްގައި ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ ކުޅުދުއްފުށީ ސިޓީއަށް ތަރައްގީ ގެނައުމުގައި ސަރުކާރު "ލަސް" ކަމަށް ގަބޫލު ނުކުރަށްވާ ކަމަށެވެ. އަދި ކުޅުދުއްފުށީގެ ތަރައްގީއަށް މިހާރު ވެސް ގިނަކަންތައްތަކެއް ސަރުކާރުން ކުރަމުންދާ ކަމަށް މިއުވާން ވިދާޅުވިއެވެ.
"ކުރިއަށް އޮތްތާގައި ވެސް ކުޅުދުއްފުށީ ސިޓީގެ ތަރައްގީއަށް ގިނަ ކަންތައްތަށް ސަރުކާރުން ކުރަމުންދާނެ، އެކަން އެ ސިޓީގެ ރައްޔިތުން ވެސް ގަބޫލުކުރާނެ." މިއުވާން ވިދާޅުވިއެވެ.
މެމްބަރު ޔާސިރުގެ އިތުރުން ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވެސް މިރޭ ވަނީ ސަރުކާރަށް ކުރި ތާއިދު އަނބުރާ ގެންގޮސް މިމަހު އޮންނަ އެމްޑީޕީގެ ޕްރައިމަރީގައި ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވަން ނިއްމަވައި އެކަން އިއުލާންކޮށްފައެވެ. މޭޔަރު އާތިފް ވިދާޅުވީ އެމްޑީޕީގެ 3 އަހަރުގެ ސަރުކާރަކާއި 4 އަހަރުގެ ސަރުކާރެއް ތަޖުރިބާކޮށްފައިވާ ކަމަށާއި ކުޅުދުއްފުއްޓަށް އެންމެ ބޮޑު ތަރައްޤީއަކާއި ހެޔޮބަދަލެއް ގެނެވިފައިވަނީ ނަޝީދު ވެރިކަމުގައި ހޭދަކުރެއްވި ކުރު މުއްދަތުގައި ކަމަށެވެ.
"ކުޅުދުއްފުށީގެ ގިނަ ރައްޔިތުން މިއަދުވެސް ތިބީ އެފަދަ ހަލުވި ތަރައްޤީއަކަށް ފެންބޮވައިގެންފައި." އާތިފް ވިދާޅުވި އެވެ.
މީގެ އިތުރުން އަބަދުވެސް އެންމެ މުހިންމުވާ ކަމަކީ ރައްޔިތުންގެ މަސްލަހަތާއި، ކުޅުދުއްފުށީގެ ކުރިއެރުމާއި ތަރައްޤީ ކަމަށް އާތިފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު