ކުރީގެ ރައިސް މުޙައްމަދު ނަޝީދު ވާނީ ފެއިލްކަން މިހާރުވެސް އެމަނިކުފާނަށް އެނގިވަޑައިގަންނަވާނެކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކަށް މި ސަރުކާރުން އެކި ގޮތްގޮތުން ދަތިކުރަމުން ދާކަމަށްބުނެ ނަޝީދުގެ ކެމްޕޭންގެ ފަރާތުން މިއަދުވަނީ ބަޔާނެއް ނެރެފައެވެ.

އޭގައި ބުނެފައިވަނީ ރައީސް ނަޝީދަށް ތާއިދު ކުރާ ސަރުކާރުގެ ވަޒީފާތަކުގައި ތިބި މީހުންނަށް ވަޒީފާގެ ބިރު ދައްކަމުންދާ ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް މުވައްޒަފުން ނަޝީދުގެ ކެމްޕޭންގައި ބައިވެރިވިޔަ ނުދިނުމަށްޓަކައި ދިރިއުޅޭ ރަށް ނޫން ދުރު ރަށްތަކަށް ވަޒީފާ ބަދަލުކުރަމުން ދާކަމަށް ވެސް ތުހުމަތު ކޮށްފައިވެއެވެ.

މި ތުހުމަތުތަކާއި ގުޅިގެން އިޔާޒު މިއަދު ވިދާޅުވީ, ރައީސް ނަޝީދު ކަންކަން ކުރެއްވިގޮތަށް އެހެން މީހުން ވެސް ކަންކަން ކޮށްފާނެކަމަށް ހީފުޅުކުރުމެއްވުމަކީ ކުށްހީއެއްކަމަށެވެ.

އަދި الله ގެ ރަހުމަތާއިއެކު ރައީސް ނަޝީދު ފެއިލްވާނެކަން އެމަނިކުފާނު އަމިއްލައަށްވެސް މިހާރު ޔަގީން ވާނެ ކަމަށާއި ބަލިވާން ހެދީމާ ބަހަނާ ދައްކަވަން ނޫޅުއްވައި، ނަޝީދުގެ “އައުވާނުން” ގާތަށް ވަޑައިގެންނެވުމަށް ވެސް އިޔާޒު ވަނީ ގޮވާލައްވާފައެވެ.



އާންމު ގޮތެއްގައި ވެސް ޑރ. އިޔާޒު ފާހަގަ ކުރެވިފައިވަނީ ރައީސް ނަޝީދާއި ވަރަށް ބޮޑަށް ހިޔާލު ތަފާތު ބޭފުޅެއްގެ ގޮތުގައެވެ. އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން