ހުޅުމާލޭގައި ބަނގުރާ ފުޅިތަކެއް ހިފައިގެން ސައިކަލެއްގައި ދިޔަބަޔަކު އެކްސިޑެންޓް ވެއްޖެއެވެ.
ފުލުހުން ދެންމެ ބުނީ, ހުޅުމާލޭ ނިރޮޅު މަގު 13 ނަންބަރު ގޯޅިން ސައިކަލެއްގައި ދިޔަ ދެމީހުންނަށް, މަގުމަތި ޕެޓްރޯލް ކުރަމުންދިޔަ ފުލުހުން ފެނުމުން ފިލަންވެގެން ސައިކަލް ބާރަށް ދުއްވާލި ވަގުތު, އެ ސަރަހައްދުގައި ޕާކު ކޮށްފައި އޮތް އުޅަނދެއްގައި ޖެހި މިއަދު 5:21 އެހާއިރު އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.
އަދި ސައިކަލްގައި އެމީހުން ދިޔައީ ދެ ކޭސް ބަނގުރާ ހިފައިގެން ކަމަށާއި އެކްސިޑެންޓް ވުމުން ސައިކަލްގައި ތިބި ދެ މީހުން ބަނގުރާ ފުޅިތައް މަގުމަތީ ބެހެއްޓުމަށްފަހު ފިލައިގެން ގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލާގައި ފުލުހުން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ. ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު