އިބްރާހިމް ފަހީމް   5 ޖެނުއަރީ 2023 - 18:23
ގއ. ދާންދޫ ކައިރިއަށް ޑިންގީއެއް އަޑިއަށް ހިނގައްޖެއެވެ.

ފުލުހުން ދެންމެ ބުނީ, ދާންދޫ ކައިރިއަށް ޑިންގީއެއް އަޑިއަށް ގޮސްފައިވާ ކަމަށް މިއަދު 3:45 އެހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އަދި އެ ޑިންގީގައި ދަތުރުކުރީ ދެ މީހަކު ކަމަށާއި އޭގެ ތެރެއިން އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ ޑިންގީ ނެގުމުގެ މަސައްކަތް ފުލުހުންނާއި އެރަށު ރައްޔިތުން ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު