ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރ.އަލިފުށްޓަށް ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ރ.އަލިފުށްޓަށް މިއަދު ފެށްޓެވި މިދަތުރުފުޅަކީ، 2022 ވަނަ އަހަރުގެ ބައިނަލްއަޤުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާއި ގުޅިގެން ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ރައީސްގެ ދެކަނބަލުން އަލިފުށްޓަށް މިއަދު ހެނދުނު ވަޑައިގަތުމުން އެރަށުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އެގޮތުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ކުދި ބޮޑު ގިނަ އަދަދެއްގެ ބަޔަކު ވަނީ ބަނދަރު ސަރަހައްދަށް ޖަމާވެފައެވެ.
މިދަތުރުފުޅުގައި ބައިނަލްއަޤުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާއި ގުޅިގެން މިއަދު ހަވީރު ބާއްވާ އާއިލީ ހަވީރުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި މިދުވަހާއި ގުޅިގެން މިރޭ ބާއްވާ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވާނެއެވެ.
މީގެ އިތުރުން، މިދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ، ރ އަތޮޅު ކައުންސިލާ، އަލިފުށީ ކައުންސިލާއި ބައްދަލުކުރައްވާނެއެވެ. އަދި އަލިފުށީ ސްކޫލުގައި އިމާރާތްކޮށްފައިވާ މަލްޓިޕަރޕަސް ހޯލު ހުޅުއްވައި ދެއްވާނެއެވެ.
އަލިފުށްޓަށް ކުރައްވާ ރަސްމީ ދަތުރުފުޅު ހުކުރުދުވަހު ނިންމަވާލެއްވުމަށް ހަމަޖެހިފައިވާއިރު، މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސަރުކާރުގެ މަތީފެންވަރުގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

This morning, President @ibusolih and First Lady Fazna Ahmed arrived on Alifushi Island in the Raa Atoll. During the visit, they will attend the ceremony to mark the International Day of Persons with Disabilities 2022. pic.twitter.com/Vg1jBd6XBE
— The President's Office (@presidencymv) January 5, 2023
މިދަތުރުފުޅުގައި ބައިނަލްއަޤުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާއި ގުޅިގެން މިއަދު ހަވީރު ބާއްވާ އާއިލީ ހަވީރުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި މިދުވަހާއި ގުޅިގެން މިރޭ ބާއްވާ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވާނެއެވެ.
މީގެ އިތުރުން، މިދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ، ރ އަތޮޅު ކައުންސިލާ، އަލިފުށީ ކައުންސިލާއި ބައްދަލުކުރައްވާނެއެވެ. އަދި އަލިފުށީ ސްކޫލުގައި އިމާރާތްކޮށްފައިވާ މަލްޓިޕަރޕަސް ހޯލު ހުޅުއްވައި ދެއްވާނެއެވެ.
އަލިފުށްޓަށް ކުރައްވާ ރަސްމީ ދަތުރުފުޅު ހުކުރުދުވަހު ނިންމަވާލެއްވުމަށް ހަމަޖެހިފައިވާއިރު، މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސަރުކާރުގެ މަތީފެންވަރުގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
ކިޔުންތެރިންގެ ހިޔާލު