އެމްޑީޕީ އޮތީ ރައީސް އިބްރާހިމް މުހައްމަދު ސާލިޙުގެ ފަހަތްޕުޅުގައި ކަމަށް ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ހަރުގޭގައި ރޭ ބޭއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕޭންގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ މިއަދު ކަންފަތް ދިއްކޮށްލި ކޮންމެ ދިމާއަކުން އަޑު އިވެނީ އެންމެ އަޑެއް ކަމަށެވެ. އެ އަޑަކީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ކުރިއަށް ވަޑަައިގަންނަވަން ގޮވާލާ އަޑު ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ މުޅި އެމްޑީޕީ އޮތީ ރައީސްގެ ފަހަތްޕުޅުގައި ކަމަށާއި 2023 ވަނަ އަހަރު ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް ރައީސް ކަމުގެ ގޮނޑީގައި އެމަނިކުފާނު ބައިންދަވާނެ ކަމަށެވެ. ރައީސް ޞާލިހަކީ ހިކުމަތްތެރި ތެދުވެރި އޯގާތެރި ބޭފުޅެއް ކަަމަށް ޝާހިދު ވިދާޅުވިއެވެ.
"އިއްޒަތްތެރި ރައީސް ކުރިއަށް ވަޑައިގަންނަވާ. އިއްޒަތްތެރި ރައީސް ކުރިއަށް ވަޑައިގަންނަވާ، އެމްޑީޕީ މިއޮތީ މަނިކުފާނުގެ ފަހަތްޕުޅުގައި. ސާބިތުވެ މިއޮތީ. ދިވެހި ރާއްޖޭގެ ރައްޔިތުން އެކީގައި އަތުގުޅައިގެން ގޮސް ރައީސް ބައިންދާނީ އަނެއްކާވެސް ރާއްޖޭގެ ރައީސްކަމުގައި." ވަރަށް ޖޯޝާއި ފޯރީގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވިއެވެ.
މީގެ އިތުރުން ޝާހިދު ވިދާޅުވީ އެމްޑީޕީ ވެރިކަމަށް އައީ ވެރިކަމުގެ ވައްޓަފާޅި މުޅިން ބަދަލުކޮށްލުމަށް ކަމަށާއި އެކަން ހާސިލް ކުރަށްވާފައިވާ ކަމަށެވެ. ޝާހިދު ވިދާޅުވީ ރައީސް ޔާމިން ވެރިކަމަކީ ޖައްބާރު ވެރިކަމެއް ކަމަށާއި އޭރު ސުޕްރީމް ކޯޓާއި މަޖިލިސް އޮތީ ނިކަމެތިކޮށްލާފައި ކަމަށެވެ. އެ ދަނޑިވަޅުގައި އެންމެ ހިތްވަރުދެއްކެވި ބޭފުޅަކީ ވެސް ރައީސް ޞާލިހު ކަމަށް ޝާހިދު ވިދާޅުވިއެވެ. ޝާހިދު ވަނީ ކޮވިޑުން އަރައިގަތުމުން ރައީސް ސާލިޙު ކުރެއްވި މަސައްކަތްޕުޅާއި އަމަލު ކުރެއްވިި ގޮތަށް ވަރަށް ބޮޑަށް ތައުރީފް ކުރަށްވާފައެވެ.

ކަންފަތްދިއްކޮށްލީމާ އިވެނީ އެންމެ އަޑެެއް.
— Abdulla Shahid (@abdulla_shahid) January 4, 2023
އުތުރަށް ދިއްކޮށްލިޔަސް، ދެކުނަށް ދިއްކޮލިޔަސް. މެދުރާއްޖެ ތެރެއިންވެސް!
ކުރިއަށް! ކުރިއަށް! ރައީސް @ibusolih ކުރިއަށް! #Ibu2023 pic.twitter.com/FPXYihT8UT
"އިއްޒަތްތެރި ރައީސް ކުރިއަށް ވަޑައިގަންނަވާ. އިއްޒަތްތެރި ރައީސް ކުރިއަށް ވަޑައިގަންނަވާ، އެމްޑީޕީ މިއޮތީ މަނިކުފާނުގެ ފަހަތްޕުޅުގައި. ސާބިތުވެ މިއޮތީ. ދިވެހި ރާއްޖޭގެ ރައްޔިތުން އެކީގައި އަތުގުޅައިގެން ގޮސް ރައީސް ބައިންދާނީ އަނެއްކާވެސް ރާއްޖޭގެ ރައީސްކަމުގައި." ވަރަށް ޖޯޝާއި ފޯރީގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވިއެވެ.
މީގެ އިތުރުން ޝާހިދު ވިދާޅުވީ އެމްޑީޕީ ވެރިކަމަށް އައީ ވެރިކަމުގެ ވައްޓަފާޅި މުޅިން ބަދަލުކޮށްލުމަށް ކަމަށާއި އެކަން ހާސިލް ކުރަށްވާފައިވާ ކަމަށެވެ. ޝާހިދު ވިދާޅުވީ ރައީސް ޔާމިން ވެރިކަމަކީ ޖައްބާރު ވެރިކަމެއް ކަމަށާއި އޭރު ސުޕްރީމް ކޯޓާއި މަޖިލިސް އޮތީ ނިކަމެތިކޮށްލާފައި ކަމަށެވެ. އެ ދަނޑިވަޅުގައި އެންމެ ހިތްވަރުދެއްކެވި ބޭފުޅަކީ ވެސް ރައީސް ޞާލިހު ކަމަށް ޝާހިދު ވިދާޅުވިއެވެ. ޝާހިދު ވަނީ ކޮވިޑުން އަރައިގަތުމުން ރައީސް ސާލިޙު ކުރެއްވި މަސައްކަތްޕުޅާއި އަމަލު ކުރެއްވިި ގޮތަށް ވަރަށް ބޮޑަށް ތައުރީފް ކުރަށްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު