ރައީސް ސާލިހު ގައުމު ބިނާ ކުރައްވާނީ ހިކުމަތްތެރިކަމާއެކު ރައްޔިތުންގެ ތެރޭގައި ބައިބައިވުމާއި ފިތުނަ އުފެދޭ ޒާތު ވާހަކަ ނުދައްކަވާކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް (އައްޑޫ ޝަރީފް) ވިދާޅުވެއްޖެއެވެ.
ޝަރީފް މިއަދު ވިދާޅުވީ ކޮންމެ ސިޔާސީ ލީޑަރަކަށް ވެސް ޚިޔާލީ ވާހަކަތަކެއް ދެއްކިދާނެކަމަަށެވެ. ނަމަވެސް ރައީސް ސާލިހު ރޭގެ ޖަލްސާގައި ދެއްކެވީ ރައްޔިތުން ބަނޑަށް ޖެހުނަނުދީ ފައިތުވި 3 އަހަރު ގައުމު ސަލާމަތުގެ އައްސޭރިއަށް ގެންދެވި ގޮތްކަމަށްް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އެމްޑީޕީގެ މަދު ބަޔަކުވެސް ގައުމު ބަނޑަށް ޖައްސަން ކެނޑިނޭޅި މަސައްކަތް ކުރެއްވި އިރު ބަޔަކު ބޭނުންވި ގޮތަށް ގައުމު ބަނޑަށް ނުޖެހުނީ ކެތްތެރިކަމާއި މަޑުމައިތިރިކަމާއި ވިސްނުންތެރިކަމާއެކު ރައީސް ސާލިހު އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުންކަމަށެވެ.
"މަޖިލިސް ތެރެއިން ބަޔަކު މަސައްކަތް ކުރި ސްރި ލަންކާ އާއި ގާނާ ފަދަ ގައުމުތަކުގެ ހާލަތަށް ގައުމު ވައްޓާލަން. ކޮންމެ ލީޑަރަކަށްވެސް ހިޔާލީ ވާހަކަ ދެއްކިދާނެކަމަށް." ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ރައްޔިތުންނަށް ހުވަފެން ދެއްކި ދާނެކަމަށާއި ނަމަވެސް ރައީސް ސާލިހު ގައުމު ބިނާ ކުރައްވާނީ ހިކުމަތްތެރިކަމާއެކު ރައްޔިތުންގެ ތެރޭގައި ބައި ބައިވުމާއި ފިތުނަ އުފެދޭ ޒާތު ވާހަކަ ނުދައްކަވާކަމަށެވެ.
ޝަރީފް ފާހަގަކުރެއްވި ގޮތުގައި ރައީސް ސާލިހަކީ ގައުމު އެއްބައި ކުރެއްވުމަށް މަސައްކަތް ކުރައްވާ ކެތްތެރި ލީޑަރެކެވެ. ކެމްޕެއިން ކުރައްވާއިރުވެސް ފިތުނަ އުފައްދާ ރައްޔިތުން ބައިބައި ކޮށްގެން ވޯޓް ހޯދުމަށް މަސައްކަތް ނުކުރައްވާކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
އެގޮތުން މީހުންގެ މަސް ނުކައި، ހައްގަކާއި ނުލާ މީހުންގެ އަބުރު ކަތި ނުލާ، ރައީސް ސާލިހު އެ ކުރައްވަނީ ހެޔޮވެރިކަމެއްކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

Komme leader akah ves khillyaalee vaahaka dhekki dhaane. Rayyithunnah huvafen dhekki dhaane. @ibusolih gaumu binaa kuravvaanee hikumaiy theri kamaa eku rayyithun ge therey ga bai bai vumaa fithuna ufedhey zaathu vaahaka nudhakkavaa.
— Ibrahim Shareef (@AdduShareef) January 5, 2023
"މަޖިލިސް ތެރެއިން ބަޔަކު މަސައްކަތް ކުރި ސްރި ލަންކާ އާއި ގާނާ ފަދަ ގައުމުތަކުގެ ހާލަތަށް ގައުމު ވައްޓާލަން. ކޮންމެ ލީޑަރަކަށްވެސް ހިޔާލީ ވާހަކަ ދެއްކިދާނެކަމަށް." ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ރައްޔިތުންނަށް ހުވަފެން ދެއްކި ދާނެކަމަށާއި ނަމަވެސް ރައީސް ސާލިހު ގައުމު ބިނާ ކުރައްވާނީ ހިކުމަތްތެރިކަމާއެކު ރައްޔިތުންގެ ތެރޭގައި ބައި ބައިވުމާއި ފިތުނަ އުފެދޭ ޒާތު ވާހަކަ ނުދައްކަވާކަމަށެވެ.
Raees @ibusolih akee gaumu ebbai kurevvumah masakkaiy kuravvaa keitheri leader eh.Campaign kuravvaa iru ves fithuna ufahdhaa rayyithun bai koggen vote hoadhumah masakkaiy nukuravvaa.Meehunge mas nukaa. Haggakaa nulaa meehunge aburu kathi nulaa.Emanikufaanu ekuravvanee heyoverikan
— Ibrahim Shareef (@AdduShareef) January 5, 2023
ޝަރީފް ފާހަގަކުރެއްވި ގޮތުގައި ރައީސް ސާލިހަކީ ގައުމު އެއްބައި ކުރެއްވުމަށް މަސައްކަތް ކުރައްވާ ކެތްތެރި ލީޑަރެކެވެ. ކެމްޕެއިން ކުރައްވާއިރުވެސް ފިތުނަ އުފައްދާ ރައްޔިތުން ބައިބައި ކޮށްގެން ވޯޓް ހޯދުމަށް މަސައްކަތް ނުކުރައްވާކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
އެގޮތުން މީހުންގެ މަސް ނުކައި، ހައްގަކާއި ނުލާ މީހުންގެ އަބުރު ކަތި ނުލާ، ރައީސް ސާލިހު އެ ކުރައްވަނީ ހެޔޮވެރިކަމެއްކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު