ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ކެމްޕެއިން ޖަލްސާއެއް އޮތް ސަރަހައްދެއްގައި އިދިކޮޅު ފަރާތްތަކުން ޖަލްސާއެއް ބޭއްވުމަށް ފުރުސަތު ދެއްވުމުން ހާމަވަނީ އެމަނިކުފާނުގެ ކެތްތެރިކަމާއި ހިތްވަރުގަދަކަން ކަމަށް ހޯމް މިނިސްްޓަރ އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވެފައި މިވަނީ ރައީސް ސާލިހުގެ ކެމްޕެއިން ޖަލްސާއެއް އެމްޑީޕީގެ ހަރުގޭގައި ކުރިއަށް ދަނިކޮށް، އެ ސަރަހައްދުގައި ރޭ ޕީޕީއެމުން މުޒާހަރާކޮށް، އަޑު އުފުލާފައިވާތީ އެކަމަށް އިޝާރާތް ކުރައްވައެވެ. ނަމަވެސް ސަރުކާރުން އިދިކޮޅު ފަރާތްތަކުގެ ޖަލްސާއަށް ހުރަސް އަޅާފައެއް ނުވެއެވެ.
މިކަމާއި ގުޅިގެން އިމްރާން މިއަދު ވިދާޅުވީ އިދިކޮޅު ޕާޓީގެ ޖަލްސާއެއް މަގުގެ އަނެއްފަޅީގައި މިނިވަންކަމާއެކު ބޭއްވުމުގެ ފުރުސަތު ފުރިހަމައަށް ދީގެން ރައީސަކު ޖަސްލާ ކުރިޔަށް ގެންދިއުމުން އަންގައިދެނީ ކެއްތެރިކަމާއި ހިތްވަރު ގަދަކަން ކަމަށެވެ.
"ހަމަ ހަމަ ފުރުސަތު ދީގެން މަސަށްކަތް ކުރުމުގެ ޤާބިލުކަން ހުރި މިންވަރު." އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ ރައީސް ޔާމީން ބައިވެރިވެ ވަޑައިގަންނަވާ ޖަލްސާއެއްގެ ވަސްފޯރާ ހިސާބެއްގައިވެސް އިދިކޮޅު ބަޔަކު ޖަލްސައެއް ބާއްވަން ފުރުސަތު ނުދެއްވާނެކަން ޕީޕީއެމްގެ ބޭފުޅުންވެސް ގަބޫލުފުޅު ކުރަށްވާނެކަމަށެވެ.
ބޮޑު ދެ ޕާޓީގެ ބައްދަލުވުމެއް ހެންވޭރުކޮޅުގައި ރޭ އޮތަސް އެއްވެސް ވަރެއްގެ ހަމަނުޖެހުމެއް ހިނގާފައެއް ނުވެއެވެ. އަދި އިދިކޮޅު ފަރާތްތަކުގެ ހަރަކާތްތަކަށް ސަރުކާރުން ހުރަސް އަޅާފައެއް ވެސް ނުވެއެވެ.
ނަމަވެސް ރޭ ބޭއްވި ޕީޕީއެމްގެ އެއްވުމުގައި އެޕާޓީގެ ބޮޑުން ސަރުކާރަށް ފާޑުކިއުމުގެ އިތުރުން ސީދާ ރައީސް ޞާލިހަށް ނިސްބަތްކޮށް ދޮގު ތުހުމަތުތައްކޮށް ވަރަށް ހުތުރު ބަސްތައް ބޭނުންކޮށްގެން އަޚުލާގި ގޮތުން ވަރަށް ދަށު ދަރަޖައިގެ ވާހަކަތައް ދައްކާފައި ވެސް ވެއެވެ.

Hama yageenunves RY baiverive vadaigannava jalsaehge vasfoara hisaabehgaves idhikolhu bayaku jalsaeh baahvan furusathu nudhehvaanekan PPM beyfulhun ves gaboolufulhu kurahvaane.
— Imran Abdulla (@ShimranAb) January 4, 2023
އިމްރާން ވިދާޅުވީ ރައީސް ޔާމީން ބައިވެރިވެ ވަޑައިގަންނަވާ ޖަލްސާއެއްގެ ވަސްފޯރާ ހިސާބެއްގައިވެސް އިދިކޮޅު ބަޔަކު ޖަލްސައެއް ބާއްވަން ފުރުސަތު ނުދެއްވާނެކަން ޕީޕީއެމްގެ ބޭފުޅުންވެސް ގަބޫލުފުޅު ކުރަށްވާނެކަމަށެވެ.
ބޮޑު ދެ ޕާޓީގެ ބައްދަލުވުމެއް ހެންވޭރުކޮޅުގައި ރޭ އޮތަސް އެއްވެސް ވަރެއްގެ ހަމަނުޖެހުމެއް ހިނގާފައެއް ނުވެއެވެ. އަދި އިދިކޮޅު ފަރާތްތަކުގެ ހަރަކާތްތަކަށް ސަރުކާރުން ހުރަސް އަޅާފައެއް ވެސް ނުވެއެވެ.
ނަމަވެސް ރޭ ބޭއްވި ޕީޕީއެމްގެ އެއްވުމުގައި އެޕާޓީގެ ބޮޑުން ސަރުކާރަށް ފާޑުކިއުމުގެ އިތުރުން ސީދާ ރައީސް ޞާލިހަށް ނިސްބަތްކޮށް ދޮގު ތުހުމަތުތައްކޮށް ވަރަށް ހުތުރު ބަސްތައް ބޭނުންކޮށްގެން އަޚުލާގި ގޮތުން ވަރަށް ދަށު ދަރަޖައިގެ ވާހަކަތައް ދައްކާފައި ވެސް ވެއެވެ.
ކިޔުންތެރިންގެ ހިޔާލު