މާލޭގެ ރައްޔިތުންނަށް ގޯތި ދޭނީ "ކުރެންދޫ ރައްޔިތުންނަށް ކަނޑުން 1000 ގޯތި ދިން ގޮތަށް ނޫން" ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ހަރުގޭގައި ރޭ ބޭއްވި އެޕާޓީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް 5،000 ގޯތި ވަކިކޮށް، ކަނޑަޖަހާ އެމަނިކުފާނުގެ ވެރިކަމުގައި ހަވާލުކުރައްވާނެ ކަމަށެވެ. އަދި އެކަން އެމަނިކުފާނު ކުރަށްވާނީ "ކުރެންދޫ ރައްޔިތުންނަށް ކަނޑުން އެއްހާސް ގޯތި ދިން ގޮތަކަށް ނޫން" ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އެމަނިކުފާނު އެހެން ވިދާޅުވީ ކުރެންދޫ ރައްޔިތުންނަށް އެއްހާސް ގޯތި ކަނޑުން ދެވިދާނެ ގޮތެއް އެބައޮތް ކަމަށް ވިދާޅުވެ ރައީސް ނަޝީދު ކުރިން ދެއްކެވި ވާހަކަފުޅާއި ގުޅިގެންނެވެ. އަދި މިސަރުކާރުން ދޫކުރާ ގޯތިތައް އޮތީ ކަނޑުއަޑީގައި ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާތީ މިއީ އެކަމަށް ރައީސް ދެއްވި ނުސީދާ ރައްދެއް ކަމަށް ބެލެވެއެވެ.
މީގެ އިތުރުން ރައީސް ސޯލިހް ރޭ ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި މާލެ ސަރަހައްދުގައި 8،882 ފްލެޓް އެޅުމުގެ އަމަލީ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުގައި 16،000 އެއްހާ ފްލެޓްގެ މަސައްކަތް އެކި މަރުހަލާގައި ހިނގަމުންދާ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ މިހާތަނަށް އެއްވެސް ސަރުކާރެއްގައި އެ ސަރުކާރަކުން ފެށި ހައުސިން މަޝްރޫއެއް ނިންމައި ރައްޔިތުން ފްލެޓަށް ވައްދާފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް މި ސަރުކާރުގެ ފަސް އަހަރު ނިމޭއިރު އެކަން ހާސިލް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.
"އިރާދަކުރެއްވިޔާ މި ސަރުކާރުގެ މި ފަސްއަހަރު ނިމޭއިރުގައި އަޅުގަނޑުމެން ހަދަމުންދާ ފުލެޓްތަކުގެ ތެރެއިން ބަޔަކަށް މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ރައްޔިތުންނަށް ދިރިއުޅޭވަރު އަޅުގަނޑުމެން ކޮށްދޭނަން،" ރައީސް ސޯލިހް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު