ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މާދަމާ ރ. އަލިފުއްޓަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ.
ރައީސް އޮފީހުން މިރޭ މައުލޫމާތު ދިން ގޮތުގައި ރައީސް އަލިފުއްޓަށް ވަޑައިގަންނަވަނީ ޑިސެބިލިޓީ ޑޭ ފާހަގަކުރަން އެ ރަށުގައި ބާއްވާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.
މިހާރު ހަމަޖެހިފައިވާގޮތުން ރައީސް އަލިފުއްޓަށް ވަޑައިގަންނަވާނީ މާދަމާ ހެނދުނު 10:00 ގައެވެ.
ޑިސަބިލިޓީ ޑޭ ފާހަގަކުރުމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާރވިސަސް ގެ ފަރާތުން ބާއްވާ ރަސްމީ ޖަލްސާ އޮންނާނީ މާދަމާ ރޭ 8:30 ގައެވެ.
މިޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަލިފުށީ ސްކޫލްގައި އިމާރާތްކުރި މަލްޓިޕާޕަސް ހޯލްގައެވެ.

ކިޔުންތެރިންގެ ހިޔާލު