އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ކެމްޕެއިން ޖަލްސާއެއް މިރޭ އެމްޑީޕީގެ ހަރުގޭގައި ބާއްވަން ހަމަޖައްސާފައި ވަނިކޮށް، އެ ސަރަހައްދުގައި ޕީޕީއެމްގެ ޖަލްސާއެއް ބޭއްވުމަށް ނިންމައިފިއެވެ.

ރައީސް ސާލިހުގެ ކެމްޕެއިން ޖަލްސާއެއް ހެންވޭރުކޮޅުގައި ހުންނަ އެމްޑީޕީގެ ހަރުގޭގައި ބޭއްވުމަށް ނިންމައި، އެކަން ވަނީ މިއަދު އިއުލާންކޮށްފައެވެ. އަދި އެ ޖަލްސާގައި ރައީސް ސާލިހުވެސް ބައިވެރިވެވަޑައިގަންނަވާނެކަންވެސް އޮތީ އިއުލާންކޮށްފައެވެ.

ރައީސް ސާލިހުގެ ޖަލްސާއެއް ހެންވޭރުކޮޅުގައި ހުންނަ އެމްޑީޕީގެ ހަރުގޭގައި ބޭއްވުމަށް ނިންމާފައިވާއިރު، ޕީޕީއެމުން ވަނީ އެ ސަރަހައްދުގައި އެ ޕާޓީގެ ހަރަކާތެއް ބޭއްވުމަށް ހަމަޖައްސައި، އެކަން އިއުލާންކޮށްފައެވެ.

ޕީޕީއެމުން ބުނީ އެ ޕާޓީން ބާއްވާ ހަރަކާތަކީ ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމާއި ދެކޮޅަށް އަޑު އުފުލުމަށް ބާއްވާ ހަރަކާތެއްކަމަށެވެ. އަދި އެ ހަރަކާތް އޮންނަނީ އާޓިފިޝަލް ބީޗުގައިކަމަށްވެސް ޕީޕީއެމުން ބުނެއެވެ.

ދެފަރާތުން އެއް ވަގުތެއްގައި އެއް ސަރަހައްދެއްގަައި މިފަދަ ސިޔާސީ ހަރަކާތްތަކެއް ބޭއްވުމަކީ އެ ސަރަހައްދުގެ މަޝްރަހަށއ ހަލަބޮލިކަމެއް ނައިސް ނުދާނެ ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން