އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ތަރުޖަމާނުކަމަށް ބޭފުޅަކު އައްޔަންކޮށްފިއެވެ.

ރިޔާސީ ޕްރައިމަރީގެ ރައީސް ސާލިހުގެ ތަރުޖަމާނަކަށް އައްޔަންކޮށްފައިވަނީ ޑިފެންސް މިނިސްޓަރ އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މާރިޔާ އަހުމަދު ދީދީއެވެ.

ރައީސް ސާލިހުގެ ކެމްޕެއިން ޓީމުން ވަނީ ޑިފެންސް މިނިސްޓަރ އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މާރިޔާ އަހުމަދު ދީދީ ސްޕޯކްސްޕާސަންގެ މަޤާމަށް އައްޔަންކޮށްފައިވާކަން ކަށަވަރުކޮށްދީފައެވެ.



ރައީސް ސާލިހުގެ ކެމްޕެއިންގެ ސްޕޯކްސްޕާސަނަކަށް މާރިޔާ އަހުމަދު ދީދީ ހަމަޖައްސާފައިވާއިރު، އެމަނިކުފާނުގެ ކެމްޕެއިން މެނޭޖަރަކީ ކިނބިދޫ ދާއިރާގެ މެމްބަރު އަހުމަދު ނާޝިޒެވެ.

އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުއާއި ރައީސް މުހައްމަދު ނަޝީދުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން