މާލޭ ރަސްމީ ފާލަން ހިމެނޭ މޫދުގެ ސަރަހައްދާއި އެމްޕީއެލް ސަރަހައްދުގެ ފަޅުތެރެއަށް ކަޅު ތެޔޮ އެޅުނު ގޮތް ބެލުމަށް އެކަން ތަހުޤީޤްކުރަމުންދާކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ޢިއްޒުއްދީން ފާލަމާއި 3 ނަންބަރު ޖެޓީއާއި އެމްޕީއެލް ސަރަހައްދުގެ ފަޅުތެރެއަށް ގިނަ އަދަދެއްގެ ކަޅު ތެޔޮ އެޅިގެން މޫދުން ކަޅު ތެޔޮ ސާފުކުރުމުގެ މަސައްކަތް އެމް.އެން.ޑީ.އެފުން ފެށީ މިމަހުގެ 1 ވަނަ ދުވަހުއެވެ. އަދި އެމަސައްކަތް އިއްޔެ ނިންމާލިއިރު 15 ބެރަލްގެ ތެޔޮ ނަގާފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ އެހާ ގިނަ އަދަދެއްގެ ތެޔޮ ފަޅުތެރެއަށް އެޅިފައިވާ މައްސަލަ ބަލަމުން އަންނަކަމަށެވެ. ނަމަވެސް އެކަމާއި ގުޅޭ އިތުރު ތަފްސީލެއް ނުދެއެވެ.

މައުލޫމާތު އެނގޭ ބައެއް ފަރާތްތަކުން ބުނާގޮތުން މާލެ ފަޅުތެރެއަށް ކަޅު ތެޔޮ އެޅިފައިވަނީ ބަަޔަކު ގަސްތުގައި ކުރިކަމަކުންނެވެ. ނަމަވެސް އެކަމާއި ގުޅޭގޮތުން ސަލާމަތީ ހިދުމަތްތަކުން ވާހަކައެއް ނުދައްކައެވެ.

ފަޅުތެރެއަށް ތެޔޮ އެޅުނު މައްސަލަ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއިން މިހާރު ވަނީ ބަލަން ފަށާފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން