އެޕަލްގެ އެޕް ސްޓޯރގެ ޚިދުމަތް ރާއްޖެއަށް ދިނުމަށް ނިންމައިފިއެވެ.

އެޕަލްގެ މާކެޓްޕްލޭސް މުޅި ދުނިޔެ އަށް ފުޅާކުރުމުގެ މަސައްކަތުގައި މި އަހަރު 20 ގައުމަކަށް އެޕް ސްޓޯރ ގެ ޚިދުމަތް ލިބޭ ގޮތް ހަދަން ވަނީ ނިންމައިފައެވެ. ނަމަވެސް އަލަށް ކަނޑައެޅި ގައުމުތައް ހިމެނޭ ސަރަހައްދުތަކަށް އެޕަލްގެ ސަޕޯޓް ސާވިސް ދޭނެ ކަމެއް ނުވަތަ ނޫން ކަމެއް އަދި ހާމައެއް ނުކުރެ އެވެ. އެޕަލް އިން ވަނީ އެޕްތަކަށް އެކްސެސްވުމަށް، ޑިވެލޮޕަރުން އެކައުންޓްތަކަށް ލޮގިންވެ، އަލަށް ހަދާފައިވާ ޔޫޒަރ އެގްރީމެންޓަށް އެއްބަސްވާން ޖެހޭނެ ކަމަށް ބުނެފަ އެވެ.

އެޕަލް އިން ވަނީ އަންނަ މަހުގެ 10ގެ ކުރިން ޑިވެލޮޕަރުންގެ މައުލޫމާތު އަޕްޑޭޓްކުރުމަށް ވެސް އެދިފަ އެވެ. މާނަ އަކީ އާ ގައުމުތަކަށް އޭގެ ފަހުން އެޕް ސްޓޯރު ދޫކުރަން ފެށުމެވެ. މިހާރު އެޕަލް އިން 155 ގައުމަކާއި ސަރަހައްދުތަކަށް އެޕް ސްޓޯރު ދީފައިވެއެވެ. އެޕަލްގެ އެޕް ސްޓޯރު ލިބުމުން، ގިފްޓް ކާޑު ނުގަނެ އެޕްތައް ގަނެވޭނެ އެވެ. އަދި ފައިސާ ދައްކައިގެން އެޕަލްގެ ހިދުމަތްތައް ހޯދަން އުފުލަންޖެހޭ ބުރަ ނިމުމަކަށް އަންނާނެއެވެ.

މިކަމާގުޅޭގޮތުން މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހް ޖަމާލް ވިދާޅުވީ މައިކްރޮސޮފްޓާއި ގޫގުލްގެ ހިދުމަތްވެސް ވަރަށް އަވަހަށް ރާއްޖެ އަށް ދޭނެކަމަށެވެ. އަދި އެޕަލްގެ އެޕް ސްޓޯރ ރާއްޖެ އަށް ލިބުމަކީ އުފާވެރި ޚަބަރެއް ކަމަށް މަލީހް ވިދާޅުވެފައިވެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން