ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން އުފައްދާފައިވާ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީން މިހާތަނަށް 1.49 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
އެސްޑީއެފްސީއަކީ ކުޑަ އިންޓްރެސްޓު ރޭޓެއްގައި ލޯނު ފޯރުކޮށްދޭން ރައީސް ސާލިހުގެ ސަރުކާރުން 2019 ވަނަ އަހަރުގެ މާޗުމަހު ގާއިމްކުރި ބެންކެކެވެ.
ސަރުކާރުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން އެސްޑީއެފްސީން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް މިހާތަނަށް 1230 ފަރާތަކަށް، 1.49 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވެއެވެ. މީގެތެރެއިން 324.8 މިލިއަން ރުފިޔާ ދޫކޮށްފައިވަނީ އަންހެނުންގެ ބައިވެރިވުން އޮތް 301 ވިޔަފާރިއަކަށްކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
އެސްޑީއެފްސީން ދަނީ މައިގަނޑު 7 ދާއިރާއަކުން ލޯނު ދޫކުރަމުންނެވެ. އެއީ ހަރުމުދާ، ދަނޑުވެރި ނަފާ، ވިޔަފާރި އެހީ، ރަށު ފަތުރު، ކަނޑުފަޅު ނަފާ، ފަށާވިޔަފާރި އަދި ވިޔަފާރި ތަރައްޤީ ލޯނެވެ.
އެސްޑީއެފްސީ އުފެދުމުގެ އެންމެ މުހިންމު ބޭނުމަކީ މާލީ އެހެން އިދާރާތަކުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ލިބުން ދަތިވުމުގެ ސަބަބުން މިފަދަ ވިޔަފާރިތަކަށް ފަހި މާހައުލެއް ޤާއިމްކުރުމެވެ.

އެސް.ޑީ.އެފް.ސީ މެދުވެރިކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް މިހާތަނަށް ވަނީ 1230 ފަރާތަކަށް 1.49 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައި.
— Government of Maldives (@governmentmv) December 30, 2022
މީގެ ތެރެއިން 324.8 މިލިއަން ރުފިޔާ ހަމަޖެހިފައިވަނީ އަންހެނުންގެ ބައިވެރިވުން އޮތް 301 ވިޔަފާރިއަކަށް.#HamaHama4 pic.twitter.com/j6Yqi2lDWc
އެސްޑީއެފްސީން ދަނީ މައިގަނޑު 7 ދާއިރާއަކުން ލޯނު ދޫކުރަމުންނެވެ. އެއީ ހަރުމުދާ، ދަނޑުވެރި ނަފާ، ވިޔަފާރި އެހީ، ރަށު ފަތުރު، ކަނޑުފަޅު ނަފާ، ފަށާވިޔަފާރި އަދި ވިޔަފާރި ތަރައްޤީ ލޯނެވެ.
އެސްޑީއެފްސީ އުފެދުމުގެ އެންމެ މުހިންމު ބޭނުމަކީ މާލީ އެހެން އިދާރާތަކުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ލިބުން ދަތިވުމުގެ ސަބަބުން މިފަދަ ވިޔަފާރިތަކަށް ފަހި މާހައުލެއް ޤާއިމްކުރުމެވެ.
ކިޔުންތެރިންގެ ހިޔާލު